Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ޓާމިނަލުގެ ސަލާމަތީ ނިޒާމުތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ޑާސާއިން ފަށައިފި

އާ ޓާމިނަލުގެ ސަލާމަތީ ނިޒާމުތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ޑާސާއިން ފަށައިފި

އަހްމަދު އީޒާން
409 ދުވަސް ކުރިން - 16 ޖުލައި 2025 00:15
ވީއައިއޭގެ އާ ޓާމިނަލްގެ ސަލާމަތީ ކަންކަމުގެ އިންސްޕެކްޝަންތައް ޑާސާގެ މުވައްޒަފުން ކުރަނީ / ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އާ ޓާމިނަލްގެ ސަލާމަތީ ކަންކަމުގެ އިންސްޕެކްޝަންތައް ޑާސާގެ މުވައްޒަފުން ކުރަނީ / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ޑިފެންސް މިނިސްޓްރީން ބުނީ އާ ޓާމިނަލްގައި ގާއިމްކޮށްފައިވާ ސަލާމަތީ ނިޒާމުތައް ޓެސްޓްކޮށް، އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އިންސްޕެކްޝަންތައް ފަށާފައިވާ ކަމަށް.

މި މަހު 26 ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ސަލާމަތީ ނިޒާމުތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން މިއަދު ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އާ ޓާމިނަލްގައި ގާއިމްކޮށްފައިވާ ސަލާމަތީ ނިޒާމުތައް ޓެސްޓްކޮށް، އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށްޓަކާ ކުރިއަށް ގެންދަން ޖެހޭ އިންސްޕެކްޝަންތައް އެ މިނިސްޓްރީގެ ދަށުން ހިންގާ ޑާސާއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ސަލާމަތީ ނިޒާމުތައް ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރޭވިފައި ވަނީ އެ އެއާޕޯޓް ހިންގާ އެމްއޭސީއެލްއާ ގުޅިގެން ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް، ނިޒާމީ ގޮތެއްގައި ތަފާތު ބައިތަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނީ މިއަދުގެ އިންސްޕެކްޝަންގައި އާ ޓާމިނަލްގެ އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ނިޒާމު ބަލައި ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމަށް ގާއިމްކޮށްފައިވާ ހޯލްޑް ބެގޭޖް ސްކްރީނިން އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްގެ ޓެސްޓްކުރުމަށްޓަކާ ބެގެޖް ސްކްރީނިން ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމަށް ގާއިމުކޮށްފައިވާ އެހެނިހެން އިކުއިޕްމެންޓްތައް ޓެސްޓް ކުރުމުގެ މަސައްކަތާއި އާ ޓާމިނަލްގައި ގާއިމުކޮށްފައިވާ އިކުއިޕްމެންޓްތަކާއި އެކްސްސް ކޮންޓްރޯލް ނިޒާމާއި ސީސީޓީވީ ނިޒާމު ބޭނުންކުރުމުގެ އެސްއޯޕީތައް ރިވިއުކޮށް ހުއްދަ ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެމްއޭސީއެލްމިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

5 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

8 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

8 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

10 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

15 ދުވަސް ކުރިން - 16:50

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

24 ދުވަސް ކުރިން - 00:38