ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝާމް އައްޔަނުކޮށްފި

މުހައްމަދު ޖަމްޝަތު | 4 ގަޑިއިރު ކުރިން - 8 ޖުލައި 2025 20:37
ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަނުކުރި ހުސައިން ޝާމް އާދަމް ----
ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމަށް މިއަދު އައްޔަނުކުރި ހުސައިން ޝާމް އާދަމް ----
ޚުލާސާ

ފެނަކަ ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝާމް މިއަދު ވަނީ އައްޔަނުކޮށްފައި.

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނ. ފޮއްދޫ، ޔާގޫތުގޭ، ހުސައިން ޝާމް އާދަމް މިއަދު އައްޔަނުކުރައްވައިފި އެވެ.

ޝާމް އެމަގާމަށް އައްޔަނުކުރިކަން ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާނުކުރީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގަ އެވެ. ޕީސީބީން ބުނިގޮތުގައި ޝާމް އައްޔަނުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުގެ ބޯޑު މެމްބަރުކަމަށާއި އެކުންފުނީގެ ޗެއާޕާސަންގެ މަގާމަށެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ގޮތުގައި ހުންނެވި ޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ފެނަކައިގެ ބޯޑު މެންބަރުކަމާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

ކުރިން ފެނަކައިގެ ޗެއާމަންގެ މަގާމުގައި ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%