ފުވައްމުލަކާއި އައްޑޫ ސިޓީގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ހިތަދޫ އާއި ހުޅުދޫ އަދި ފުވައްމުލަކުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި ހިދުމަތް ފެށުމަށް އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލާއެކު މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމެވެ.
މާލެ ނައިސް ރަށްރަށުން އައިޑީކާޑާއި ޕާސްޕޯޓްގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިންމު ވައުދުފުޅެކެވެ.