އައްޑޫ ސިޓީ ހަންކެޑެ "ހަލާލް ޓޫރިޒަމް" ރަށެއްގެ ގޮތުގައި ކަނޑައަޅައިފި

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 29 ޖޫން 2025 19:13
އައްޑޫ ސިޓީ ހަންކެޑެ. / ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ސިޓީ ހަންކެޑެ. / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ރާއްޖޭގެ 6 ސަރަހައްދެއްގައި ހަލާލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މިއީ ވަޒީފާތައް އިތުރުވެ އިޤްތިސާދަށް އެޅިގެންދާނެ އިތުރު ބޮޅެއް.

އައްޑޫ ސިޓީގެ ހަންކެޑެ "ހަލާލް ޓޫރިޒަމް" ތަރައްޤީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ފަތުރުވެރިކަން ތަރައްޤީ ވެފައިނުވާ އަތޮޅުތަކުގައި އެ ސިނާއަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ހަލާލް ޓޫރިޒަމް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ މިދިޔަ ހަފްތާގައެވެ. އެގޮތުން އައްޑޫ ސިޓީ ހަންކެޑެ، ހަލާލް ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު އެ މަޝްރޫޢު ތަންފީޒު ކުރުމުގެ މަސައްކަތް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މުސްލިމް ފަތުރުވެރިންގެ ބޭނުންތަކަށް ބިނާކޮށް ފަށާ ހަލާލް ޓޫރިޒަމަކީ އެހެން ހުރިހާ ފަތުރުވެރިންނަށް ވެސް މެހުމާންދާރީ އަދާކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވިގެންދާނީ ރިސޯޓް ތަރައްޤީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި އޮޕަރޭޝަންސްގެ މަރުހަލާގައި ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ.

ފަތުރުވެރިކަން ތަރައްޤީ ކުރަން ނިންމާފައިވާ އައްޑޫ ސިޓީ ހަންކެޑެ ގައި ހަލާލް ޓޫރިޒަމް ތަރައްޤީ ކުރުމާއެކު ރާއްޖޭގައި ވަޒީފާ އިތުރުވެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ސިންދަފާތުކުރުމަށް މަގުފަހިވެގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%