ގަވާއިދާ ހިލާފަށް އުޅޭ 83 ބިދޭސީއަކު އައްޑޫން ހިފަހައްޓައިފި

އަހްމަދު އީޒާން | 4 ގަޑިއިރު ކުރިން - 26 ޖޫން 2025 00:00
އައްޑޫން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން / ފޮޓޯ: އިމިގްރޭޝަން
އައްޑޫން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫގައި އުޅޭ 678 ބިދޭސީއަކާ މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށާ 83 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް.

މޯލްޑިވްސް އިމިގްރޭޝަނުން އައްޑޫގައި ފެށި ހާއްސަ އޮޕަރޭޝަން، "އޮޕަރޭޝަން ހަމަމަގު"ގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 83 ބިދޭސީއަކު އެ ސިޓީން ހިފަހައްޓައިފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑޫގައި އުޅޭ 678 ބިދޭސީއަކާ މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 83 ބިދޭސީއަކު ވިސާއާ ހިލާފުވެގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީން ގެންގުޅޭ 75 ފަރާތަކަށް ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށެވެ.

އައްޑޫގައި އިއްޔެ "އޮޕަރޭޝަން ހަމަމަގު" ފެށީ އިމިގްރޭޝަންގެ 35 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުންނާ އެކުގަ އެވެ.

މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި އެ އިދާރާއިން ހިފަހައްޓާ ބިދޭސީން ގެންނާނީ މާލޭގައި ހުންނަ އެ އިދާރާގެ ޑިޓެންޝަން ސެންޓަރަށް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%