އިމިގްރޭޝަންގެ ހާއްސަ ރެއިޑް އޮޕަރޭޝަން "ހަމަ މަގު" އައްޑޫގައި ފަށައިފި

އަހްމަދު އީޒާން | 9 ގަޑިއިރު ކުރިން - 25 ޖޫން 2025 11:33
މޯލްޑިވްސް އިމިގްރޭޝަންގެ ހާއްސަ ރެއިޑް އޮޕަރޭޝަން އައްޑޫގައި ފެށުން. / ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަންގެ ހާއްސަ ރެއިޑް އޮޕަރޭޝަން އައްޑޫގައި ފެށުން. / ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ރެއިޑެއް.

މޯލްޑިވްސް އިމިގްރޭޝަންގެ ހާއްސަ ރެއިޑް އޮޕަރޭޝަން "ހަމަ މަގު" އައްޑޫގައި މިއަދު ފަށައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އައްޑުއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް "އޮޕަރޭޝަން ހަމަ މަގު" މިއަދު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކް ފޯސްއިން އައްޑޫގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހް އާއި ޑެޕިއުޓީ ކޮންޓްރޯލާ އަހްމަދު އަޝްފާން ބައިވެރިވަޑައިގަންނަވާ ކަމަށެވެ.

އިމިގްރޭޝަންގެ 35 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި އެ އިދާރާއިން ހިފަހައްޓާ ބިދޭސީން ގެންނާނީ މާލޭގައި ހުންނަ އެ އިދާރާގެ ޑިޓެންޝަން ސެންޓަރަށް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%