އައްޑޫ ސިޓީ ފޭދޫގައި މަލްޓިމީޑިއާ ލައިބްރަރީއެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތް ހަވާލުކުރީ ބަނދަރުވޭ މާޓް ގްރޫޕާ ކަމަށެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ 1,456,920 ރުފިޔާ އަށެވެ.
މި މަޝްރޫޢުގެ ސަބަބުން އައްޑޫގައި ތަޢުލީމް ހާޞިލްކުރާ ދަރިވަރުންނަށް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.









