Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އައްޑޫ ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ

އައްޑޫ ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ

އާނާ ފަހީމް
358 ދުވަސް ކުރިން - 18 ޖޫން 2025 08:35
އައްޑޫ ލިންކް ރޯޑް/ ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ
އައްޑޫ ލިންކް ރޯޑް/ ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ
ޚުލާސާ

އައްޑޫ ލިންކް ރޯޑް މަގު މަރާމާތުކުރުމަށް ބޭނުންވާ ތާރު ލިބިފައިވާތީ މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި.

އައްޑޫ ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ލިންކް ރޯޑުގައި ވަޅުގަނޑުތައް ހެދި، ބޮޑުތަނުން ހަލާކުވެފައިވާއިރު، މަރާމާތުކުރުމުގެ މަސައްކަތް މިހާތަނަށް ނުފެށި ލަސްވެފައިވަނީ އެކަމަށް ބޭނުންވާ ތާރު ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު ތާރު ލިބިފައިވާތީ، އަންނަ ހަފްތާގެ ތެރޭގައި މަރާމާތުގެ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގުގެ މަރާމާތަށް 10 ޓަނުގެ ތާރު ހޯދުމަށް ކައުންސިލުން އެޕްރީލް މަހުގެ ތެރޭގައި ބީލަމަށް ހުޅުވާލާފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ވެސް ކައުންސިލުން އެތައް ފަހަރެއްގެ މަތިން ލިންކް ރޯޑް މަރާމާތުކޮށްފައިވާ ކަމަށާއި، އެ މަސައްކަތްތައް ކުރަމުން އައީ ވަސީލަތްތަކުގެ ބޮޑެތި ދަތިތަކާ ކުރިމަތިލަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

ލިންކް ރޯޑް އެހާ ބޮޑަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތާރު އަޅާފައި އޮތްލެއް ތުނިވުމާއި މަގުގެ ފެންވަރު ދަށްވުން ހިމެނޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން، އެތައް ފަހަރެއްގެ މަތިން މަގުގެ ހަލާކުވެފައިވާ ތަންތަނަށް ޕެޗް އަޅައިގެން މަރާމާތުކޮށްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އައްޑޫ ލިންކް ރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިހާރު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭނެއެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ. އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އެޅުމަށް ވަނީ ރޭވިފައެވެ.

އައްޑޫ ސިޓީ
Ad
Ad

ގުޅޭ ޚަބަރުތައް

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

16 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

16 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

17 ދުވަސް ކުރިން - 10:11

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 20:42

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި؛ މީހަކު ހައްޔަރުކޮށްފި

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

43 ދުވަސް ކުރިން - 16:50

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%