އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތުލެބް އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަނީ

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 12 ޖޫން 2025 11:54
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް.
ޚުލާސާ

މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ [email protected] އަށް ނުވަތަ [email protected] އަށް 18 ޖޫން 2025ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް ކުރުމަށް އެދިފައިވޭ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރެވިފައިފާ ކެތްލެބްގެ ޙިދުމަތް 5 އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އެދިލެއްވުމުގެ މަތިން، އެ ހޮސްޕިޓަލުގައި ޤާއިމުކުރެވިފައިފާ ކެތުލެބްގެ ޚިދުމަތް 5 އަހަރުގެ މުއްދަތަށް މޭނޭޖް އަދި އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަސައްކަތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން 15 ޖޫން 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ [email protected] އަށް ނުވަތަ [email protected] އަށް 18 ޖޫން 2025ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދިއްތަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%