ހަމާސްއާއެކު ޞުލްޙަވެ ޤަތުލުޢާންމު ހުއްޓާނުލާނެ ކަމަށް ހައްދުފަހަނައެޅި ޒައެނިސްޓް ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.
އޭނާ ވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ހުށަހެޅި ހުށަހެޅުން ވެސް ބަލައިގަތުމަށް އިންކާރު ކުރާ ކަމަށް ބުނެ، އެއީ "އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ" ހުށަހެޅުމެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ ހަމާސް މުޅިން ނައްތާލައި، ހުރިހާ ރަހީނުން ދޫކޮށްލަންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ މިހެން ބުނީ މިފަހުން އެމެރިކާގެ މެދުވެރިވެ 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމާއި، ރަހީނުން ދޫކޮށްލުމާއި، ޣައްޒާއަށް އިންސާނީ އެހީ އިތުރުކުރުމަށް ހުށަހެޅި ޕްލޭނަކާއި ގުޅިގެންނެވެ. އިޒްރޭލުން މި ޕްލޭން ބަލައިގަތް ނަމަވެސް، ހަމާސްއިން ވަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި ޒައެނިސްޓުންގެ ހުރިހާ ސިފައިން ޣައްޒާއިން ފައިބާނެ ކަމުގެ ޔަގީންކަން ބޭނުންވާ ކަމަށް ބުނެފައެވެ.
މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން 70 ހާހަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސްއިން ދަނީ ބުނަމުންނެވެ.