އިޒްރޭލު ފުލައިޓް ޖައްސަން އެމްޑީޕީން ގެނައި ބަދަލުން 2781 މީހުންގެ ހުކުރުގަޑި ގެއްލިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 2 ޖޫން 2025 13:44
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު)
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު)
ޚުލާސާ

ހުކުރު ގަޑީގައި ފުލައިޓް ޖައްސާތީ 31 ޑިޕާޓްމަންޓަކުން 2781 މުވައްޒަފެއްގެ ހުކުރު ނަމާދު ގެއްލުނު ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު ވިދާޅުވި

ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުން ފެށިގެން ރައީސް މައުމޫނުގެ ވެރިކަން ނިމުމާއި ހަމަޔަށް ދިވެހިރާއްޖޭގައި ހުކުރު ގަޑިގައި ފުލައިޓުތައް ނުޖެއްސޭ ކަމަށާއި، އެ ނިންމުން ބަދަލުކުރުމުގެ ސަބަބުން ގިނަ ބައެއްގެ ދީނީ ފަރުޟެއް އަދާކުރުމުގައި ހުރަސްތައް ދިމާވަމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެންބަރު ވިދާޅުވީ މި ނިންމުން ބަދަލުކުރީ 2009 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ކަމަށާއި އެމްޑީޕީން އެކަން ކުރީ އިޒްރޭލުގެ ސަރުކާރުގެ ޤައުމީ އެއާލައިން ފުވައްމުލަކަށް ޖެއްސުމަށްޓަކައި ގެނެވުނު ބަދަލަކުންނެވެ. އެ ގެނައި ބަދަލުގެތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ހުކުރުގަޑީގައި ފުލައިޓް ނުޖެއްސެ ގޮތަށް އޮތް އޮތުން ބަދަލުކޮށްފައި ވެއެވެ.

އެމްޑީޕީގެ ސަރުކާރުން ގެނައި މި ބަދަލާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ 31 ޑިޕާޓްމަންޓަކުން 2781 މުވައްޒަފުންގެ ހުކުރު ނަމާދު ގެއްލިފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

”އެހެންވީމާ ކުރީގަ މިދެންނެވި ލާދީނީ ސަރުކާރުން ބަދަލުކޮށްފައި އޮތް އތުން، ހުކުރުގަޑީގެހުރުމަތްތެރިކަން ގެއްލޭ ގޮތަށް މަތިންދާބޯޓު ޖައްސާ ގޮތަށް އޮތް އޮތުން، ކުރީގަ އޮތް ގޮތަށް އަލުން އިޢާދަވާނޭ ގޮތަށް ޤާނޫނަށް އިޞްލާޙެް ހުށަހެޅިގެން ދިޔުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން އެދޭނެ ކަމެއްކަމުގައި ހަނދާން ކޮށްލަދެން” މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މެންބަރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%