Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ ސިޓީގައި އަދަބު ތަންފީޛުކުރުމަށް އެމްސީއެސްއާއި ކައުންސިލް ފަހުނަމާނެއްގައި ސޮއިކޮށްފި

އައްޑޫ ސިޓީގައި އަދަބު ތަންފީޛުކުރުމަށް އެމްސީއެސްއާއި ކައުންސިލް ފަހުނަމާނެއްގައި ސޮއިކޮށްފި

އާނާ ފަހީމް
422 ދުވަސް ކުރިން - 29 މެއި 2025 21:43
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން/ ފޮޓޯ: ކަރެކްޝަންސް
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން/ ފޮޓޯ: ކަރެކްޝަންސް
ޚުލާސާ

ޤައިދީންނަށް އަދަބު ތަންފީޛުކުރުމުގައި އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެހެން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް ފަހުނަމާނެއްގައި ސޮއިކޮށްފި

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި މިއަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސޮއިކޮށްފިއެވެ. 

މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" އާ އެއްގޮތްވާ ގޮތުގެމަތިން، ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛުކުރުމުގައި އެމްސީއެސްއަށް އައްޑޫ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެކުލަވާލެވުނު އެއްބަސްވުމެކެވެ.

މި ފަހުމުނާމާގެ ދަށުން، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާއި ގުޅިގެން ޤައިދީން ތަޢުލީމީ ނުވަތަ އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް އަމުރުކުރާ ޙާލަތްތަކުގައި، އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަމަޖެއްސުމުގައިވެސް ކައުންސިލުން އެހީތެރިވެދޭނެއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ޤައިދީން މުޖުތަމަޢުން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމަޢަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް އެމްސީއެސްއަށް ބޭނުންވާ އެހީތެރިކަންވެސް އައްޑޫ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެއެވެ.

މި ފަހުމުނާމާގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ.

މި ފަހުމުނާމާގެ ސަބަބުން، އައްޑޫ ސިޓީގައި ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޛުކުރުމުގައި އިތުރު ފުރިހަމަކަމެއް ލިބި، ޤައިދީން އިޞްލާޙުވެ މުޖުތަމަޢަށް އަނބުރާ ގުޅުމަށް މަގުފަހިވެގެންދާނެއެވެ.

އައްޑޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

9 ދުވަސް ކުރިން - 19:57

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

55 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

61 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

62 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

62 ދުވަސް ކުރިން - 10:11