އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އެޗްޕީއޭ އިން އެދެފި

އަހްމަދު އީޒާން | 5 ދުވަސް ކުރިން - 27 މޭ 2025 13:44
އައިޖީއެމްއެޗު ހޮސްޕިޓަލް / ފޮޓޯ: ޚުލާސާ
އައިޖީއެމްއެޗު ހޮސްޕިޓަލް / ފޮޓޯ: ޚުލާސާ
ޚުލާސާ

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް.

މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރުވަމުން ދާތީ ސަމާލުވާން އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

އެ މުއްދަތުގައި މި އަހަރު އަރިދަފުސް ރޯގާގެ 43،882 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދަކީ 36،048 އެވެ.

އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާގެ އިތުރުން އިންފުލުއެންޒާ ވެސް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު މި މުއްދަތުގައި 50 ކޭސް ރިޕޯޓް ކޮށްފައިވާއިރު، މި އަހަރު 254 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

ނަމަވެސް، މި މުއްދަތުގައި ކޮވިޑްގެ ކޭސްތައް މާބޮޑު ތަފާތެއް ނާދެ އެވެ. މިދިޔަ އަހަރު ކޮވިޑުގެ 38 ކޭސް ރިޕޯޓްކުރި އިރު، މިއަހަރު ރިޕޯޓް ކުރީ 37 ކޭސް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް އަދި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ޑެންގީ ހުންޖެހިގެން ރިޕޯޓް ކުރި އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%