ދެމަހަށް ހަނގުރާމަ ހުއްޓަލުމަށް އިސްރާއީލުގެ 9 ރަހީނުން ދޫކޮށްލާނެ ކަމަށް ބުނާ ރިޕޯޓުތައް ހަމާސްއިން ދޮގުކޮށްފި

ޖަވާދު | 2 ދުވަސް ކުރިން - 19 މޭ 2025 13:23
ހަމާސްގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހްރީ: އޭނާ ވިދާޅުވީ 9 ރަހީނުން މިނިވަންކޮށް ދެމަހަށް ހަނގުރާމަ ހުއްޓާލުމަށް ޝަރުތު ނުކުރާ ކަމަށް.
ހަމާސްގެ އިސް އޮފިޝަލް ސާމީ އަބޫ ޒުހްރީ: އޭނާ ވިދާޅުވީ 9 ރަހީނުން މިނިވަންކޮށް ދެމަހަށް ހަނގުރާމަ ހުއްޓާލުމަށް ޝަރުތު ނުކުރާ ކަމަށް.
ޚުލާސާ

ހަމާސްއިން ބުނީ ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށާއި، ނަމަވެސް އެކަން ކުރާނީ އިޒްރޭލުން ބައިނަލްއަޤްވާމީ ގެރެންޓީތަކާއެކު ދާއިމީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް.

ދެމަސްދުވަހަށް ހަނގުރާމަ ހުއްޓަލާލުމަށް ޝަރުތުކޮށް ޒައެނިސްޓުންގެ 9 ރަހީނުން ދޫކޮށްލުމަށް ހަމާސްއިން އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތައް އެ ޖަމާޢަތުން ދޮގުކޮށްފިއެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ސާމީ އަބޫ ޒުހްރީ ވިދާޅުވީ މިފަދަ ރިޕޯޓުތަކަކީ ދޮގު މައުލޫމާތު ކަމަށާއި، އިސްރާއީލު ޔަހޫދީން މިފަދަ މައުލޫމާތު ފަތުރަނީ ހަމާސްއަށް ފިއްތުން އިތުރުކޮށް، ޣައްޒާގައި ކުރަމުންދާ ކަންތައްތައް ފޮރުވުމަށް ކަމަށެވެ.

އަބޫ ޒުހްރީ އިތުރަށް ވިދާޅުވީ ހަމާސްއިން ހުރިހާ ރަހީނުން އެއްފަހަރާ ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށާއި، ނަމަވެސް އެކަން ކުރާނީ އިޒްރޭލުން ބައިނަލްއަޤްވާމީ ގެރެންޓީތަކާއެކު ދާއިމީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުންނެވެ.

އިސްރާއީލްގެ މީޑިއާތަކުގައި ބުނާ ގޮތުންނަމަ ހަމާސްއިން ވަނީ 7 އާއި 9 އާއި ދެމެދުގެ ޢަދަދަކަށް ރަހީނުން ދޫކޮށްލުމަށް އެއްބަސްވެފައެވެ. އަދި އޭގެ ބަދަލުގައި 60 ދުވަހަށް ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި 300 ފަލަސްތީނު ބަންދީންޔިތުން ދޫކޮށްލުމަށް ހަމާސްއިން އެދޭ ކަމަށެވެ.

މި ރިޕޯޓުތައް ކޮށްފައި ވަނީ ޤަތަރުގެ ދޯހާގައި ހިނގަމުންދާ މަޝްވަރާތަކާއި ދިމާކޮށެވެ. އެ މަޝްވަރާތަކުގައި އެމެރިކާ، މިސްރު އަދި ޤަތަރުގެ ޑިޕްލޮމެޓުން ޒައެނިސްޓް އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދެއެވެ. ޒައެނިސްޓުން ވަނީ ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތައް އިތުރަށް ވަރުގަދަކޮށް ފުޅާ ކޮށްފައެވެ. އަދި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ ހަމާސް ނެތިކޮށްލުމަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%