އައްޑޫގެ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ގޯތި ދޫކުރުމަށް އިއުލާންކޮށްފި

އަހްމަދު އީޒާން | 165 ދުވަސް ކުރިން - 6 މޭ 2025 16:02
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ހިއްކާފައި އޮތް ސަރަހައްދެއް.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ހިއްކާފައި އޮތް ސަރަހައްދެއް.
ޚުލާސާ

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ބުރުގައި ޖުމްލަ 251 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް.

އައްޑޫގެ ހިއްކި ބިމުން ފުރަތަމަ ފަހަރަށް ބަންޑާރަ ގޯތި ދޫކުރުމަށް މިއަދު އިއުލާންކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ބުރުގައި ޖުމްލަ 251 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި, ބިން ދޫކުރުމަށް ހުޅުވާލާފައި ވަނީ އައްޑޫ މަރަދޫ އަދި މަރަދޫފެދޫގެ ރައްޔިތުންނަށެވެ.

އައްޑޫ މަރަދޫއިން 175 ބިން ދޫކުރާއިރު, އެއީ މުޅިން ވެސް 1,500 އަކަފޫޓުގެ ބިންތަކެވެ. މި ބައިގައި ގޯތި ދޭނީ ދެ ކެޓަގަރީއަކުންނެވެ. އެއީ މަރަދޫ އަވަށު ރައްޔިތުންނަށް 158 ގޯއްޗާއި މަރަދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ހާއްސަކުރާ 17 ގޯއްޗެވެ.

މަރަދޫފޭދޫން ދިނުމަށް އިއުލާނުކޮށްފައި ވަނީ 76 ގޯއްޗެވެ. އެއީ މަރަދޫފޭދޫ އަވަށު ރައްޔިތުންނަށް 68 ގޯއްޗާއި މަރަދޫފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 8 ގޯއްޗެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނީ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ އަވަށެއްގެ އަވަށު އޮފީހުން ކަމަށެވެ.

އައްޑޫ ބިން ހިންކުމުގެ މަޝްރޫއު ވަނީ 2023 ވަނަ އަހަރު ނިންމާލައިފަ އެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ގުޅިފައިވާ ރަށްތަކުން 190 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މަލްވީ ޙުސެއިން

165 ދުވަސް ކުރިން - 16:30

ކޮބާ ކުރިން އިއުލާން ކޮށް ގުރުއަތުން ހޮވިފަ ތިބި ފަރާތް ތަކަށް ލބެން ޖެހޭ ގޯތި. އެ ފޯރްމްތައް ޑަސްބިނަށް ދިޔައީބާ!!