Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައުސިންގ ލޯނަށް އެތައްހާސް ބަޔަކު އެދެން ފަށައިފި - ރައީސް

ހައުސިންގ ލޯނަށް އެތައްހާސް ބަޔަކު އެދެން ފަށައިފި - ރައީސް

ހުސައިން އިސްމާއިލް
513 ދުވަސް ކުރިން - 28 ފެބްރުއަރީ 2025 12:29
ރައީސް ޑރ. މުޢިއްޒު، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.
ރައީސް ޑރ. މުޢިއްޒު، ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.
ޚުލާސާ

މި އަހަރުގެ މެދުތެރޭގައި ހައުސިންގ ލޯނު ދޫކުރަން ފަށާނެ. މާލެ، ވިލިމާލެ އަދި ގުޅީފަޅުގައި މި އަހަރު ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ވެސް ފެށޭނެ.

މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ރައްޔިތުން ހައުސިންގ ލޯނަށް އެދި ހުށަހަޅަން ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ވަސީލަތަކީ އިސްލާމިކް ފައިނޭންސް ލޯން ސްކީމް ކަމަށެވެ. އެގޮތުން 5% ގެ އިސްލާމިކް ފައިނޭންސް ލޯން ސްކީމަށް މިހާރު ވެސް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ރައްޔިތުން ހުށަހަޅަމުންދާ ކަމަށާއި، އަދި މި އަހަރުގެ މެދުތެރޭގައި ހައުސިންގ ލޯނު ދޫކުރަން ފެށޭނެ ކަމަށެވެ.

Advertisement

Advertisement 1

މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި އޮތް މީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ މި ލޯނު ސްކީމުން ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ގޯތީގައި ގެ އެޅުމަށް ނުވަތަ އަޅަން ފަށައި ނުނިމިހުރި ގެ ނިންމުމަށް ބޭނުންކުރެވޭނެ ލުއި ލޯނު ސްކީމެއް ކަމަށް ވިދާޅުވިއެވެ. އިމާރާތްކުރާ ތަން ރަހުނުކޮށް އަދި އިކުއިޓީ ނުބަހައްޓައި، ވަރަށް ލުއި ޝަރުތުތަކެއްގެ ދަށުން މި ލޯނު ނެގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި 10 މިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ނެގޭނެ ކަމަށާއި، ޖުމްލަކޮށް 6 މިލިއަން ރުފިޔާ މާލެ ސަރަހައްދުގައި ލޯނު ނެގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހައުސިންގ ލޯނު ދޫކުރުމަށް މި އަހަރަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ރައްޔިތުން މި އަހަރު ލޯނު ނަގައިގެން އަމިއްލަ ގެ އަޅަން ފަށާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން މާލޭގައި ވެސް ހައުސިންގ މަޝްރޫޢުތަކެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ، ވިލިމާލެ އަދި ގުޅީފަޅުގައި މި އަހަރު ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށާއި، މި މަޝްރޫޢުތަކާއެކު މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ސޯޝަލް ހައުސިންގ ޔުނިޓްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލޯނުބޯހިޔާވަހިކަންރައީސް ޑރ. މުހައްމަދު މުއިއްޒުއިއްޒުއްދީން ފާލަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

11 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

11 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

12 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

12 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

13 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

1 ދުވަސް ކުރިން - 20:04