Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެނަކައިން ހިންގި 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް އަނބުރާ ބަދަލުކޮށްފި

ފެނަކައިން ހިންގި 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް އަނބުރާ ބަދަލުކޮށްފި

ހުސައިން އިސްމާއިލް
561 ދުވަސް ކުރިން - 16 ފެބްރުއަރީ 2025 10:36
ފެނަކައިގެ ދަށަށް ބަދަލުކުރި އައިސް ޕްލާންޓްތައް މިފްކޯ އާއި އަލުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އެމްޑީން އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސަލާމްކުރައްވަނީ / ފޮޓޯ: މިފްކޯ

ޚުލާސާ

ބައެއް ޕްލާންޓުތަކުގެ އޮޕަރޭޝަނަށް ބުރޫ އެރުމުން މިސަރުކާރުން ވަނީ އެކަން ބަލައި މައްސަލަ ހައްލުކޮށްފަ. އެގޮތަށް ދިމާވީ ކުރީ ސަރުކާރުން އެ އައިސް ޕްލާންޓުތަކަށް ފަރުވާ ކުޑަކޮށްލުމުން.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފެނަކަ އާއި ޙަވާލުކުރި 14 އައިސް ޕްލާންޓު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ދަށަށް އަލުން ބަދަލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާޙެވެ.

މިފްކޯގެ ދަށަށް އަލުން ބަދަލުކުރެވުނު އައިސް ޕްލާންޓްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ނިލަންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޯރީ އަދި އައްޑޫ ހިތަދޫގެ އައިސް ޕްލާންޓްތައް ހިމެނެއެވެ.

Advertisement

Advertisement 1

މި އައިސް ޕްލާންޓްތައް ފެނަކަ އާއި ޙަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހުއެވެ. އޭރު މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވެފައިވަނީ، މިފްކޯގެ މަސައްކަތުގެ 70 އިންސައްތައަކީ ތެލުން ހިންގާ އޮޕަރޭޝަންތަކެއް ކަމަށްވުމާއެކު، އައިސް ޕްލާންޓްތައް ފެނަކަ އާއި ޙަވާލުކުރުމުން މަސްވެރިންނަށް އެކަށީގެންވާ ޚިދުމަތެއް ދެވިގެންދާނެ ކަމަށެވެ.

ގިނަ އައިސް ޕްލާންޓުތަކުގައި މައްސަލަތައް ދިމާވެ ވަގުތީ ގޮތުން އޮޕަރޭޝަނަށް ބުރޫ އެރުމުން މިސަރުކާރުން ވަނީ އެކަން ބަލައި މައްސަލަ ހައްލުކޮށްފައެވެ. އަދި އެގޮތަށް ދިމާވީ ކުރީ ސަރުކާރުން އެ އައިސް ޕްލާންޓުތަކަށް ފަރުވާ ކުޑަކޮށްލުމުންނެވެ.

މިފްކޯއިން ބުނެފައިވަނީ އައިސް ޕްލާންޓްތައް ފުރިހަމަ ކެޕޭސިޓީގައި ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމުތަކުން ކުރަމުންދާ ކަމަށެވެ.

މިފްކޯފެނަކަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

11 ދުވަސް ކުރިން - 16:10

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 23:13

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

28 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

33 ދުވަސް ކުރިން - 14:52

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

48 ދުވަސް ކުރިން - 16:41

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

48 ދުވަސް ކުރިން - 13:41