ވިޔަފާރިކުރުމުގެ ބޭނުމަށް އައްޑޫން ހަތް ބިމެއް ކުއްޔަށް ދޭން މިއަދު އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ސިޓީގެ ހިތަދޫ އަވަށުގެ ކޮމާޝަލް ޒޯން ސަރަހައްދުން ބިން ކުއްޔަށް ހިފަން ޝައުގުވެރިވާ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކާއި ކުންފުނިތަކާއި އަދި ޕާޓްނާޝިޕްތަކަށް ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ރީޓެއިލް އާއި ހޯލްސޭލް ވިޔަފާރީގެ މަސައްކަތްކުރުމުގެ ބޭނުމަށް ކުއްޔަށް ދެނީ 4،000 އަކަފޫޓުގެ ހަތް ބިމެކެވެ.
ބީލަމުގެ އުސޫލުން ހުޅުވާލާ މި ފުރުސަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް 300ރ. ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.
ބީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހު 25 އެވެ،
މި ބިންތައް ކުއްޔަށް ހިފަން ބޭނުންވަ މީހުންނަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ މަހު 10 އެވެ. އަދި ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު، އައްޑޫ ސިޓީ ކައުންސިލުގަ އެވެ.









