
ހޫޘީން ހައިޖެކް ކޮށްލި ގެލެކްސީ ލީޑަރގައި ތިބި ފިލިޕީންސް، ބަލްގޭރިއާ، މެކްސިކޯ، ޔުކްރެއިން އަދި ރޮމޭނިއާގެ 25 ފަޅުވެރިން. / ފޮޓޯ: ރޮއިޓާސް
ޔަހޫދީ އަނިޔާވެރި އިސްރާއީލުގެ ސަރުކާރުން ޣައްޒާގައި ހިންގި ޤަތުލުޢާންމަށް ހުރަސް އެޅުމުގެ ގޮތުން ޔަމަނުގެ ހޫޘީން ހިފެހެއްޓި އިސްރާއީލްގެ ބޮޑު ބޯޓު ކަމަށްވާ ގެލެކްސީ ލީޑާގައި ތިބި ފަޅުވެރިންތައް އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ދޫކޮށްލައިފިއެވެ.
ހޫޘީން އިސްރާއީލުގެ ކާގޯ ބޯޓު ހައިޖެކް ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

19 ނޮވެންބަރު 2023 ގައި ހޫޘީންގެ ހަނގުރާމަވެރިން އިސްރާއީލުގެ ގެލެކްސީ ލީޑަރ ހައިޖެކް ކުރަނީ. / ފޮޓޯ: ރޮއިޓާސް
އޮމާންގެ ފޮރިން މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ ބައެއް ޚަބަރުތައް ބުނާ ގޮތުގައި، ހޫޘީން ރަހީނުކޮށްފައި ތިބި 25 ފަޅުވެރިން ދޫކޮށްލީ ޣައްޒާގެ ހަނގުރާމަ ނިމުނުކަން އިސްރާއީލުން އިޢުލާން ވެސް ކޮށްފައި ވާތީއާއި އެކުގައި އޮމާނުގެ ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިންނެވެ.
އޮމާނުގެ ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިން ގޮތުގައި، އިސްރާއީލް ކުންފުންޏަކުން ހިންގާ ގެލެކްސީ ލީޑާގައި ތިބި 25 ފަޅުވެރިން މިހާރު ވަނީ އެމީހުންގެ ޤައުމުތަކަށް ފޮނުވުމަށް ތައްޔާރުވުމުގެ ގޮތުން ވެރިރަށް މަސްކަޓަށް ގެނެވިފައެވެ.
އޭގެތެރޭގައި ހިމެނެނީ ފިލިޕީންސް، ބަލްގޭރިއާ، މެކްސިކޯ، ޔުކްރެއިން އަދި ރޮމޭނިއާގެ 25 ފަޅުވެރިންނެވެ.
ޔަމަނުން އެމީހުން މަސްކަޓަށް ގެންދިޔައީ ވެރިރަށް ސަންޢާއިން އޮމާނުގެ ރޯޔަލް އެއަރ ފޯސްގެ މަތިންދާބޯޓަކުންނެވެ.









