2022 ވަނަ އަހަރު އެލް.އެފް ކޮންސްޓްރަކްޝަން ނަމަކަށްކިޔާ ކުންފުންޏަކުން ފެނަކައަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައި ކޮށްދީފައިވާތީވެ، އެފަރާތަށް ލިބެން ޖެހޭ ފައިސާތައް 25 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެން 15 ދުވަސްތެރޭ ދިނުމަށް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ޖުމްލަ 15 އިންވޮއިސަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެލް.އެފް.ކޮންސްޓްރަކްޝަނުން ފުރަތަމަ ހުށަހެޅި މައްސަލައިގެ ދަޢުވާއަށް ބަދަލު ގެނެސް ދެވަނަ ފަހަރަށް ދަޢުވާ ކޮށްފައި ވާއިރު އެ ދަޢުވާގައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގައި ކޮންމެ އިންވޮއިސްއަކަށް (ރަށަކަށް) ވަކިވަކިން ދައުވާ ކުރުމުގެ ބަދަލުގައި ހުރިހާ އިންވޮއިސްތަކަށް އެއްކޮށް އެއްފަހަރާ ދައުވާ ކުރަކަން ދައުވާ ފޯމުގައި ލިޔެފައިވާކަން ފާހަގަކޮށްފައިވެއެވެ.









