އައްޑޫ ސިޓީގެ ބިމެއް ދޫކޮށްލުމަށް ބީސީސީން ނިންމީ ސަރުކާރުގެ މާ މުހިންމު މަޝްރޫޢަކަށް

ހުސައިން އިސްމާއިލް | 344 ދުވަސް ކުރިން - 22 ޑިސެންބަރު 2024 13:56
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމުކުރަން އެއްބަސްވުމުގައި ސޮއި ކުރުން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓަރީއެއް ގާއިމުކުރަން އެއްބަސްވުމުގައި ސޮއި ކުރުން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ޚުލާސާ

އައްޑޫގައި އަޅަންއުޅޭ ގާމެންޓް ފެކްޓަރީއަށް ކުރިން ހަމަޖެއްސި ބިމުގެ ބަދަލުގައި އެހެން ބިމެއް ހޯދަން ނިންމާފައިވާއިރު، ކުރީގެ ބިން ދޫކޮށްލަން ނިންމީ ރައްޔިތުންނާއި ގުޅުންހުރި މާ މުހިންމު ޕްރޮޖެކްޓަކަށް.

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް އެޅުމަށް ދޫކޮށްފައިވާ ބިމެއް، ސަރުކާރުގެ މުހިންމު މަޝްރޫޢަކަށް ދޫކޮށްލުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ނިންމާފައިވާ ކަމަށާއި، ނަމަވެސް ގާމެންޓް ފެކްޓްރީގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެހެން ބިމެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބީސީސީން ބުނެފިއެވެ.

ބީސީސީގެ ފަރާތުން ބުނީ، ސަރުކާރުގެ މުހިންމު ބޮޑު ޕްރޮޖެކްޓެއް ހިންގުމަށްޓަކައި މި ބިން ބޭނުންވާތީ، އެ ބިން ދޫކޮށްލުމަށް ނިންމީއެވެ. އަދި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫޢަކީ ވެސް ރައްޔިތުންނަށް ފައިދާވާނެ މަޝްރޫޢެއްކަން ބީސީސީން ފާހަގަކޮށްފައިވެއެވެ.

ބީސީސީން ބުނީ އައްޑޫގައި ގާމެންޓް ފެކްޓްރީގެ މަސައްކަތް ކުރުމަށް އިތުރު ބިމެއް ހޯދުމަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށްވާތީ، މީގެން އައްޑޫ ސިޓީއަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ލިބޭނެ ކަމަށް ވެސް ބީސީސީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%