އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓަށް އަރެސްޓް ވޯރަންޓެއް ނެރެފިއެވެ. މި އަރެސްޓް ވޯރަންޓް ނެރެފައިވަނީ ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާ ގުޅިގެންނެވެ.
ކޯޓުން ބުނެފައިވަނީ ނެތަންޔާހޫ އާއި ގަލަންޓް ކުށް ކޮށްފައިވާކަމުގެ އެކަށީގެންވާ ހެކި ހުރި ކަމަށެވެ. އަދި އިޒްރޭލް ދައުލަތުން ކޯޓުގެ އިޚްތިޞާޞް ޤަބޫލުކުރިޔަސް ނުކުރިޔަސް އެކަމަކުން މައްސަލައަށް އަސަރެއް ނުކުރާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
ނެތަންޔާހޫ އާއި ގަލަންޓްގެ މައްޗަށް ތުހުމަތުކުރެވެނީ އާންމު ރައްޔިތުންނަށް ހަމަލާދިނުމަށް ރޭވުމާއި، ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށްޖެއްސުމެވެ. މިއީ ހަނގުރާމައިގެ ކުށެއް ކަމަށް ކޯޓުން ބުނެފައިވެއެވެ.
މީގެ އިތުރުން، ހަމާސްގެ ލީޑަރު އަލް-މަސްރީއަށްވެސް ކޯޓުން ވަނީ އަރެސްޓް ވޯރަންޓެއް ނެރެފައެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ކުރިން ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިންއަށްވެސް ވަނީ އަރެސްޓް ވޯރަންޓެއް ނެރެފައެވެ. އަދި މި ނިންމުމަކީ އުމުރަށް ދެމިގެންދާނެ ނިންމުމެއްކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.









