Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލް އުޅަނދެއް ރަތްކަނޑުން އަތުލައިގެން ޔަމަނަށް ގެންގޮސްފި

އިސްރާއީލް އުޅަނދެއް ރަތްކަނޑުން އަތުލައިގެން ޔަމަނަށް ގެންގޮސްފި

ޖަވާދު
648 ދުވަސް ކުރިން - 21 ނޮވެންބަރު 2024 11:44
ހޫޘީންގެ މިސައިލް ޙަމަލާ އަމާޒުވި ތުރްކިއޭގެ ބޯޓު. ހައިޖެކް ކުރި ބޯޓުގެ ނަމެއް ހޫޘީން ނުބުނޭ / ފޮޓޯ: އޭ އެޖެންސީ
ހޫޘީންގެ މިސައިލް ޙަމަލާ އަމާޒުވި ތުރްކިއޭގެ ބޯޓު. ހައިޖެކް ކުރި ބޯޓުގެ ނަމެއް ހޫޘީން ނުބުނޭ / ފޮޓޯ: އޭ އެޖެންސީ
ޚުލާސާ

ފަލަސްޠީނަށް އެހީވުމުގެ ގޮތުން ހޫޘީ ހަނގުރާމަވެރިން ރަތު ކަނޑުގައި ދަތުރުކުރަމުންދިޔަ އިސްރާއީލުގެ އުޅަނދެއް ހިފަހައްޓައި، ޔަމަނުގެ ސަރަޙައްދަށް ގެންގޮސްފިއެވެ.

ރަތު ކަނޑުގައި ހިންގި އޮޕަރޭޝަނެއްގައި އިސްރާއީލުގެ އުޅަނދެއް ހިފަހައްޓައި، އެ އުޅަނދު ޔަމަނުގެ އައްސޭރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ ހޫޘީން ބަޔާނެއް ނެރެފިއެވެ. “މި އޮޕަރޭޝަން ހިންގާފައިވަނީ ޔަމަނުގެ އާންމު މުޤާވަމަތު ހަރަކާތް އަންސާރުﷲގެ ލީޑަރު އަބްދުލްމަލިކް އަލް-ހޫޘީގެ އިރުޝާދުގެ ދަށުން، އަނިޔާވެރި ހަނގުރާމައަކާއި ބްލޮކޭޑަކަށް ކުރިމަތިލާންޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން" ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް ބޯޓުގެ ނަމެއް ބުނެފައެއް ނެތެވެ.

އަނެއްކޮޅުން އިއްޔެ ތުރުކިއޭގެ ފޮރިން އެފެއާޒް މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ތުރުކީގެ ކުންފުންޏެއްގެ މުދާ އުފުލާ ބޯޓަކަށް ޔަމަނުގެ އައްސޭރިފަށުގައި ހޫތީން ދިން މިސައިލް ހަމަލާއެއް ވަނީ އަމާޒުކޮށްފަ އެވެ.

ވެސެލް ޓްރެކަރ ވެބްސައިޓް މެރިނެޓްރެފިކް އިން ދައްކާ ގޮތުގައި ހަމަލާ އަމާޒުވި ތުރްކިއޭގެ ބޯޓު އެންމެ ފަހުން ރަތް ކަނޑުގައި ފެނިފައިވަނީ މީގެ ގާތްގަނޑަކަށް ފަސް ދުވަސް ކުރިންނެވެ.

Advertisement

Advertisement 1

ޔަމަނުގެ ހޫޘީން ޙަމަލާދިން ތުރްކިއޭގެ ބޯޓު އެންމެ ފަހުން ޓްރެކް ކުރެވުނު ކަމަށް ބުނެފައިވާ މެޕްގެ ސްކްރީން ޝޮޓް / ފޮޓޯ: އޭ އެޖެންސީ

ބައެއް ޚަބަރުތައް ބުނާ ގޮތުގައިނތުރްކިއޭގެ ކުރީގެ ޕާލަމެންޓް މެމްބަރެއްގެ ބޯޓެއް ކަމަށްވާ އޯރިއޯން އެސް އިސްރާއީލަށް މުދާ ގެންދާކަމަށް ތުހުމަތު ކުރެވެއެވެ. ތުރްކިއޭ ސަރުކާރުން ވަނީ އިސްރާއީލާއި ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. ބުނެވޭ ގޮތުގައި ހަމަލާ އަމާޒުވި ބޯޓަކީ އޯރިއޯން އެސް އެވެ.

ޔަމަނުގެ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ އަމާޒުތަކަށް ސަތޭކަ އަށްވުރެ ގިނަ ހަމަލާތައް ދީފައެވެ. މީގެ އިތުރުން އިސްރާއީލުގެ އުޅަނދުތަކާއި، އެ ސަރަޙައްދަށް ދަތުރުކުރާ އުޅަނދުތަކަށްވެސް ދަނި ހަމަލާދެމުންދެއެވެ. މިއީ އިސްރާއީލަށް އިޤްތިޞާދީ ގޮތުން ފިއްތުންތަކެއް ކުރިމަތިކުރުވުމަށް ކުރާ މަސައްކަތްތަކެކެވެ.

މީގެއިތުރުން ޔަމަނުގެ ހަނގުރާމަވެރިން އިސްރާއީލުގެ އުޅަނދުތަކަށާއި، އިސްރާއީލާ މުޢާމަލާތްކުރާ އުޅަނދުތަކަށް ވެސް ދަނީ އިންޒާރު ދެމުންނެވެ. އަދި މި ފަދަ އުޅަނދުތަކަކީ އެ ޤައުމުގެ ހަނގުރާމަވެރިންގެ ޝަރުޢީ އަމާޒުތަކަކަށް ވެގެންދާނެ ކަމަށް ބުނެފައިވެއެވެ. އަދި ރަތު ކަނޑުގައި މަސައްކަތްކުރާ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް އިސްރާއީލުގެ އުޅަނދުތަކާ ގުޅުން ބޭއްވުމުން ދުރުހެލިވުމަށް ވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

ޔަމަނުގެ ހަނގުރާމަވެރިން ބުނެފައިވަނީ، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވަނީ އިސްރާއީލުން ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަހަންމިއްޔަތުކަން ދޭނަމަ، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވަން މަސައްކަތްކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލްހޫޘީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

12 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

24 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

31 ދުވަސް ކުރިން - 14:29