Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ޒަމާނީ ފެންވަރުގަި ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްގީކުރަން ނިންމައިފި

ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ޒަމާނީ ފެންވަރުގަި ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްގީކުރަން ނިންމައިފި

އައިޝަތު އިމްސާ
7 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 19:31
ހުޅުމާލޭ ރުއްގަނޑު 2 ގައި ޒަމާނީ މުނިފޫހިފިލުވާ މަރުކަޒެއް ތަރައްގީކުރަނީ / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ރުއްގަނޑު 2 ގައި ޒަމާނީ މުނިފޫހިފިލުވާ މަރުކަޒެއް ތަރައްގީކުރަނީ / ފޮޓޯ: އެޗްޑީސީ
ޚުލާސާ

މި މަޝްރޫއު ކުރިއަށްދާނީ ތިމާވެއްޓަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތަށް. މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކާއި، ޒުވާނުންގެ އިތުރުން އެކި ރަށްރަށުންނާއި ބޭރުގައުމުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް އެކުގައި ވަގުތު ހޭދަކޮށްލެވޭނެ.

ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްގީކުރުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކުގެ އިތުރުން ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭނެ ފަދަ މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތަކެއް ގާއިމުކޮށްދިނުމެވެ.

މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިންގ އެލީއަކާއި، ގޭމިންގ އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖްތިމާއީ ތަފާތު ހަރާތްތައް ބޭއްވޭނެ މަލްޓި-ޕާޕަސް ހޯލެއް ގާއިމުކުރެވޭނެއެވެ. މީގެއިތުރުން ކުޅިވަރު ބަލަން ތިބެވޭނެ އިންތިޒާމާއެކު، ލޮކަރު ރޫމާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ތަނަވަސް ޕާކިންގ އޭރިއާއެއްވެސް މި ތަރައްގީގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement 1

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއު ކުރިއަށްދާނީ އެ ސަރަހައްދުގެ ތިމާވެއްޓަށާއި، އަތިރިމައްޗަށް އަދި މިހާރު އެތަނުގައި ހުރި ގަސްގަހާގެއްސަށް މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަށް ޑިޒައިން ކޮށްގެންނެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ސަރަހައްދީ ރީތިކަން ދަމަހައްޓައިގެން ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫއެކެވެ.

ރުއްގަނޑު 2 ސަރަހައްދަށް މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކާއި، ޒުވާނުންގެ އިތުރުން އެކި ރަށްރަށުންނާއި ބޭރުގައުމުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް އެކުގައި ވަގުތު ހޭދަކޮށްލެވޭނެ އުފާވެރި، އަމާން މާހައުލެއް ގާއިމުވެގެންދާނެއެވެ. އަދި މީގެ ސަބަބުން މުޖުތަމައުގެ އިޖްތިމާއީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، ތަފާތު ބޭނުންތަކަށް އެ ރަށަށް ޒިޔާރާތްކުރާ އެންމެހައި ފަރާތްތަކަށްވެސް ހިތްފަސޭހަ، ރައްކާތެރި އަދި ފުރިހަމަ ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެޗްޑީސީތަރައްގީހުޅުމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެ ތަރައްގީކުރާ ކުންފުނީގެ ހަރަދުގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އަޅަނީ

ރަސްމާލެ ތަރައްގީކުރާ ކުންފުނީގެ ހަރަދުގައި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އަޅަނީ

2 ދުވަސް ކުރިން - 17:30

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި ކުރީގެ މަޝްހޫރު މުދައްރިސް މުހައްމަދު އަފީފު ނިޔާވެއްޖެ

ހުޅުމާލޭ އެކްސިޑެންޓުގައި ޒަހަމްވި ކުރީގެ މުދައްރިސް އަފީފު ނިޔާވެއްޖެ

7 ދުވަސް ކުރިން - 13:27

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

15 ދުވަސް ކުރިން - 13:27

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

16 ދުވަސް ކުރިން - 08:48

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

އެޗްޑީސީގެ އެއްމެދު އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ފަށައިފި

19 ދުވަސް ކުރިން - 14:00

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ރައީސްގެ އިރުޝާދާއި އެކު ފުލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

20 ދުވަސް ކުރިން - 10:44