Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަސްމާލެ ވިއްކާލާކަށް ނޫޅޭ، ދިގު މުއްދަތަކަށް ކުއްޔަށް ދެނީ! އެމްޑީޕީން އަނެއްކާވެސް ރައްޔިތުން ގުއި ރޯނެއްގައި ޖައްސަން މަސައްކަތްކުރަނީ

ރަސްމާލެ ވިއްކާލާކަށް ނޫޅޭ، ދިގު މުއްދަތަކަށް ކުއްޔަށް ދެނީ! އެމްޑީޕީން އަނެއްކާވެސް ރައްޔިތުން ގުއި ރޯނެއްގައި ޖައްސަން މަސައްކަތްކުރަނީ

އައިޝަތު ރުވާ ރިފްޢަތު
12 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 15:34
ރަސްމާލެއަކީ ދިވެހިރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު މަޝްރޫއު---
ރަސްމާލެއަކީ ދިވެހިރާއްޖޭގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު މަޝްރޫއު---
ޚުލާސާ

ގާނޫނުއަސާސީ ބުނާގޮތުން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ. އިންވެސްޓަރުންނަށް ދޫކުރެވެނީ 99 އަހަރާ ހަމައަށް ދިގު މުއްދަތަކަށް ކުއްޔަށް. މީގެ ބޭނުމަކީ ދައުލަތުގެ ބަޖެޓަށް ބުރަނުވެ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަސްކުރުން.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއު، "ރަސްމާލެ" އިން ޔޫއޭއީގެ އެމާރ ކުންފުންޏަށް ބިން ވިއްކާލަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. ގަނޫނުއަސާސީ ބުނާގޮތުން ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް (ފްރީހޯލްޑް އުސޫލުން) ނުވިއްކޭނެއެވެ. ބިމުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށެވެ. އެހެންކަމުން، ބޭރުގެ ޑިވެލޮޕަރުންނަށް ބިން ދޫކުރެވޭނީ ޓޫރިޒަމް އަދި އެހެނިހެން ބޮޑެތި މަޝްރޫއުތަކުގައި އަމަލުކުރާ އުސޫލުން، އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް (ލީސް) ދިނުމަށެވެ. މިއީ އެއްވެސް ހާލެއްގައި ބިން ވިއްކާލުމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ޔޫއޭއީގެ ކުންފުންޏަކަށް ރަސްމާލެއިން ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި މިފަދަ އެއްވެސް އެއްބަސްވުމެއްގައި މިހާތަނަށް ސޮއިކޮށްފައެއް ވެސް ނުވެއެވެ. އިންވެސްޓަރުންނާ މަޝްވަރާ ކުރެވުނަސް، އޭގެ ބޭނުމަކީ ދައުލަތުގެ ބަޖެޓަށް ބުރަނުވެ، އަމިއްލަ ކެޕިޓަލް އިންވެސްޓްމަންޓް ގެނެސްގެން އިޖުތިމާއީ ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް އަވަސްކުރުމެވެ.

މާލެ ސަރަހައްދުގައި ހުރި ބިންތައް (ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅު) މިހާރު ވަނީ އެކި ބޭނުންތަކަށް ދޫކޮށް ހުސްވެފައެވެ. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުޅާ ދާއިރާއެއްގައި ހައްލެއް ހޯދެން އޮތީ ރަސްމާލެ ހިއްކައިގެން ކަމަށެވެ. ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ މި ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ޒަމާނީ އިކޯ-ސިޓީއަކަށެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން:

ގާތްގަނޑަކަށް 15،000 ގޯތި (ގިނައީ ރަސްމާލެއިން) އަދި އެތައް ހާސް ފްލެޓެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.ފްލެޓްތައް ދޫކުރެވޭނީ "ރެންޓް-ޓޫ-އޯން" އަދި އަތްފޯރާ އަގުތަކުގައެވެ.އިނާޔަތްތައް ލިބުމުގައި އިސްކަންދެވޭނީ އަލަށް ގެދޮރު ހޯދާ ފަރާތްތަކަށާއި، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށެވެ.ބިން ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު އާންމުކުރުމަށް ތައްޔާރުވަމުންދާއިރު، 2028 ގެ މެދެއްހާ ތަނުގައި ޔުނިޓްތަކުގެ އިމާރާތްކުރުން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި 200،000 މީހުންގެ އާބާދީއަކަށް މި ސިޓީ ތަރައްގީ ކުރެވޭނެއެވެ.ޑިސެމްބަރު 2023 ގައި ފެށުނު ބިން ހިއްކުމުގެ މަސައްކަތް ބޮޑެތި ޑްރެޖަރުތައް ބޭނުންކޮށްގެން ހަލުވި ދުވެލީގައި ކުރިއަށްދާއިރު، މި އަހަރުގެ ތެރޭގައި ބިން ހިއްކާ ނިންމުމަކީ ސަރުކާރުގެ ޢަމާޒެވެ."ކުއްޔަށް ދިނުން" މިއީ ހަގީގަތް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ހިންގާ ސަސްޓެއިނަބަލް ޓައުންޝިޕް މޮޑެލްގެ ދަށުން، ނ. އަތޮޅުގައި ކުރިއަށްދާ "ޕްރޮޖެކްޓް އައިލާ" ފަދައިން، ރަސްމާލޭގެ ޓޫރިޒަމް ޒޯނުގައި ބޭރުގެ އިންވެސްޓަރުން ލައްވައި މަސައްކަތް ކުރުވުމަކީ ގައުމަށް ލިބޭނެ ބޮޑު ފައިދާއެކެވެ. މީގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަވެ، އިޖުތިމާއީ ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗަރ އަވަހަށް ގާއިމުކުރެވޭނެއެވެ. ބަދަލުގައި އިންވެސްޓަރަށް ލިބޭނީ ހަމައެކަނި ދިގު މުއްދަތުގެ ކުއްޔެކެވެ. ބިމުގެ ސިޔާދަތީ ބާރު އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށެވެ.

މި އިންތިޒާމުގެ ސަބަބުން މަހަކު 60،000 ރުފިޔާއަށްވުރެ ދަށުން އާމްދަނީ ލިބޭ އީއިލާތަކަށް ވެސް ފަސޭހައިން ގެދޮރުވެރިވެވޭނެ މަގު ފަހިވެގެންދާނެއެވެ.

އެހެންކަމުން، ރަސްމާލެ މަޝްރޫއަކީ ބިން ވިއްކާލުން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ގާނޫނުއަސާސީގެ ހަގީގަތް އޮޅުވާލައި، ސިޔާސީ މަންފާއެއް ހާސިލުކުރަން ދައްކާ ދޮގު ވާހަކަތަކެކެވެ. ރަސްމާލޭގެ ބިމަކީ ދިވެހިންގެ މިލްކެކެވެ. އަދި އެތަނުގައި ބިނާކުރެވޭ ގެދޮރަކީ ދިވެހި ރައްޔިތުންގެ ހައްގެކެވެ. ރަސްމާލެ ވެގެންދާނީ ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ އައު މުސްތަގުބަލަށެވެ.

ރަސްމާލެދުބާއީރައީސް ޑރ. މުހައްމަދު މުއިއްޒުއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

7 ގަޑިއިރު ކުރިން - 21:00

ރާއްޖެއިން ތެޔޮ ފެނޭތޯ “ޕެޓްރޯނަސް”ގެ އެހީއަށް އެދިއްޖެ

ރާއްޖެއިން ތެޔޮ ފެނޭތޯ “ޕެޓްރޯނަސް”ގެ އެހީއަށް އެދިއްޖެ

1 ދުވަސް ކުރިން - 18:00

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން 18.74 މިލިއަން ޑޮލަރު ދޫކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން 18.74 މިލިއަން ޑޮލަރު ދޫކޮށްފި

1 ދުވަސް ކުރިން - 13:41

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

1 ދުވަސް ކުރިން - 09:03

2028 ގައި ވާދަކުރައްވަން ރައީސް މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

2028ގެ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޑރ.މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

3 ދުވަސް ކުރިން - 12:27

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

4 ދުވަސް ކުރިން - 14:10