Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

ޢަބްދުﷲ ޖުނައިދު
5 ގަޑިއިރު ކުރިން - 19 ސެޕްޓެންބަރު 2026 09:03
ރައީސް ޑރ. މުޢިއްޒަށް ޕީއެންސީގެ ފަރާތުން 2028 ގެ ރިޔާސީ ޓިކެޓް އެރުވުން.
ރައީސް ޑރ. މުޢިއްޒަށް ޕީއެންސީގެ ފަރާތުން 2028 ގެ ރިޔާސީ ޓިކެޓް އެރުވުން.
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު އިއްވަވަމުން ބަޔާންކުރެއްވީ، މި ބޮޑު އަމާނާތާއި ހަވާލުވެވަޑައިގަންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ގައުމަށް ވެވަޑައިގެންފައިވާ އެންމެހާ ވައުދުފުޅުތައް ފުއްދެވުމުގައި ސާބިތުވެ ހުންނެވުމުގެ މަތިވެރި އަޒުމާ އެކުގަ.

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓް، ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކާ ނުލައި އެއްވެސް އިއުތިރާޒެއް ނެތް ގޮތުގައި އިއްތިފާގުން ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް ނިންމެވި ނިންމެވުން، އެމަނިކުފާނު ނުހަނު ޝުކުރުވެރިކަމާއި އެކު ގަބޫލުފުޅުކުރައްވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީ ގެ ގައުމީ ކޮންގްރެސް 2026 ގައި، އެ ޕާޓީގެ ކޮންގްރެސްގެ އެއްހާހަށްވުރެ ގިނަ މަންދޫބުންގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކުރެއްވި މި ތާރީޚީ ގަރާރު ގަބޫލުފުޅުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުން އެމަނިކުފާނަށް އެ ކުރެއްވި މަތިވެރި އިތުބާރަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއި އެކު ޝުކުރު އަދާކުރައްވާފައެވެ.

މި މުހިންމު ރަސްމިއްޔާތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު އިއްވަވަމުން ބަޔާންކުރެއްވީ، މި ބޮޑު އަމާނާތާއި ހަވާލުވެވަޑައިގަންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ގައުމަށް ވެވަޑައިގެންފައިވާ އެންމެހާ ވައުދުފުޅުތައް ފުއްދެވުމުގައި ސާބިތުވެ ހުންނެވުމުގެ މަތިވެރި އަޒުމާ އެކުގައެވެ. އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގާއިމުކުރައްވައި، "އެންމެ ފުރަތަމަ ގައުމު" އިސްކުރުމުގެ މަތިވެރި ސިޔާސަތު އެއްވެސް ލޮޅުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީގެ މަންދޫބުންނަށާއި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އެރުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އެ ޕާޓީގެ އެތެރޭގެ ބަދަހިކަމާއި އެއްބައިވަންތަކަން ހިފެހެއްޓެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްލާމްދީނުގެ މަތިވެރި އަސާސްތައް ނެގެހެއްޓެވުމަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ މުހިއްމު މަސައްކަތް ކަމުގައި ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ގައުމުގެ ހަމަޖެހުން ނަގާލުމަށް ކުރާ އެއްވެސް ފިތުނަވެރި މަސައްކަތަކަށް ޕީއެންސީގެ ސަފުތަކުގެ ތެރެއިން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރުކަށި އިބާރާތުން ވިދާޅުވެފައެވެ.

ޕީއެންސީޕީއެންސީ ކޮންގްރެސް2026ރައީސް ޑރ. މުހައްމަދު މުއިއްޒުރިޔާސީ އިންތިހާބު 2028
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން 18.74 މިލިއަން ޑޮލަރު ދޫކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން 18.74 މިލިއަން ޑޮލަރު ދޫކޮށްފި

1 ގަޑިއިރު ކުރިން - 13:41

ޔާމީނު ބަލިވީ ޓިނު ނެގުމާއި ކެމްޕޭން ފައިސާ އަށް ވީގޮތެއް ނޭނގުމުން! - ފަލާހު

“ޔާމީނު ބަލިވީ ޓިނު ނެގުމާއި ކެމްޕޭން ފައިސާ އަށް ވީގޮތެއް ނޭނގުމުން!"

5 ގަޑިއިރު ކުރިން - 09:04

2028 ގައި ވާދަކުރައްވަން ރައީސް މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

2028ގެ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޑރ.މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

2 ދުވަސް ކުރިން - 12:27

ޕީއެންސީގެ ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ލުޖައިން އިންތިޚާބުކޮށްފި

ޕީއެންސީގެ ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ލުޖައިން އިންތިޚާބުކޮށްފި

2 ދުވަސް ކުރިން - 17:00

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

3 ދުވަސް ކުރިން - 14:10

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރަކު އިންތިހާބުކޮށްފި

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރަކު އިންތިހާބުކޮށްފި

3 ދުވަސް ކުރިން - 14:00