Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ހުސައިން އިސްމާއިލް
5 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 21:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުހައްމަދު އަލީ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުހައްމަދު އަލީ.
ޚުލާސާ

ޑރ. މުހައްމަދު އަލީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، ރައީސް މުއިއްޒު ވަނީ މަރުހޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުހޫމް ލެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.

ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކު ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުހައްމަދު އަލީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައަކާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މަރުހޫމްގެ ވަކިވެދިއުމާ ގުޅިގެން މިއަދު ފޮނުއްވި ރަސްމީ ތައުޒިޔާގެ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ޑރ. މުހައްމަދު އަލީ އަކީ އިޖްތިމާޢީ އެކި ކަންކަމުގައި، ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވި ބޭފުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި އޭނާއަކީ ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއްގެ އިތުރުން އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޑރ. މުހައްމަދު އަލީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، ރައީސް މުއިއްޒު ވަނީ މަރުހޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުހޫމް ލެހެއްޓެވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ.

ތައުޒިޔާރައީސް ޑރ. މުހައްމަދު މުއިއްޒުޑރ. މުހައްމަދު އަލީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖެއިން ތެޔޮ ފެނޭތޯ “ޕެޓްރޯނަސް”ގެ އެހީއަށް އެދިއްޖެ

ރާއްޖެއިން ތެޔޮ ފެނޭތޯ “ޕެޓްރޯނަސް”ގެ އެހީއަށް އެދިއްޖެ

1 ދުވަސް ކުރިން - 18:00

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން 18.74 މިލިއަން ޑޮލަރު ދޫކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން 18.74 މިލިއަން ޑޮލަރު ދޫކޮށްފި

1 ދުވަސް ކުރިން - 13:41

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

1 ދުވަސް ކުރިން - 09:03

2028 ގައި ވާދަކުރައްވަން ރައީސް މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

2028ގެ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޑރ.މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

3 ދުވަސް ކުރިން - 12:27

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

4 ދުވަސް ކުރިން - 14:10

ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވާލައި، ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

5 ދުވަސް ކުރިން - 14:12