Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބްރިޖަށް އުރުނީ ދައުލަތަށް ނަގަން ވާހަކަދެކެވޭ ދެއުޅަނދު

ބްރިޖަށް އުރުނީ ދައުލަތަށް ނަގަން ވާހަކަދެކެވޭ ދެއުޅަނދު

އައިޝަތު އިމްސާ
18 ގަޑިއިރު ކުރިން - 11 ސެޕްޓެންބަރު 2026 15:11
ރޭގަ އޮޔާދިޔަ ބޯޓުތައް / ފޮޓޯ: ސޯޝަލް މީޑިއާ
ރޭގަ އޮޔާދިޔަ ބޯޓުތައް / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ސިނަމާލެ ބްރިޖު ސަރަޙައްދުން އޮޔާދިޔަ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ ދެ ބޯޓަށް ގެއްލުންތަކެއް ލިބުނުއިރު، އެ ބޯޓުތަކުގައި ތިބި މީހުން އެމްއެންޑީއެފުން ސަލާމަތްކޮށް، ކަސްޓަމްސްއާ ހަވާލުކުރުމުގެ މަސައްކަތް ރޭގަ ވަނީ ކުރިއަށްގޮސްފަ.

ރޭ ސިނަމާލެ ބްރިޖަށް އުރުނީ، ގަވާއިދާ ޚިލާފަށް ރާއްޖެއަށް ވަދެ އުޅުނު މައްސަލައިގައި ގިނަދުވަސްތަކެއް ވަންދެން ނަގިލި އަޅާފައި އޮތުމަށްފަހު، ވިއްސާރައިގައި އޮޔާ ދިޔަ ބޭރުގެ ދެތެޔޮޓޭންކަރު ކަމަށާއި އެއީ ދައުލަތަށް ނަގަން ވާހަކަދެކެވޭ ދެއުޅަނދުކަން އެނގިއްޖެއެވެ.

މި އުޅަނދުތައް ރާއްޖެ އައުމަށް އެޖެންޓުގެ ގޮތުގައި ހޯކްސް އިން ކުރިން މަސައްކަތް ކުރަން އުޅުނު ކަމުގައި ވިޔަސް، އެކުންފުނިން ކުރިން ބުނެފައި ވަނީ މި ދެއުޅަނދު ރާއްޖެ އަށް ވަދެފައި ވަނީ ހޯކްސް އަށް ނޭނގި ކަމަށް ވާތީވެ، އޭގެ އެޖެންޓުކަން ކުރަން ބޭނުން ނުވި ކަމަށެވެ.

ރޭގެ ހާދިސާއާއި ގުޅިގެން އޭގައި ތިބި ފަޅުވެރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ސަލާމަތްކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ދެ ބޯޓަށްވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. ނަމަވެސް އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement 1

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، ހާދިސާ ހިނގުމާއެކު އެ މުއައްސަސާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދިޔައީ ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބޯޓުގައި ތިބި އެންމެން ސަލާމަތްކުރުމަށްފަހު، އެ މީހުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާ ހަވާލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކުރިއަށްގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި އެ އުޅަނދުތަކަށް ސަޕްލައި ކުރުމަށް އެންޓްރެކް ކުންފުންޏަށް ވަނީ ހުއްދަ ދީފަ އެވެ. އޭގެ އެޖެންޓުކަން ކުރުމަށް އިތުރު ކުންފުނިތަކުން ވެސް މަސައްކަތް ކުރިކަން ޚުލާސާ އަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް މިހާތަނަށް އެންޓްރެކް ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް އެ ބޯޓާއި މުއާމަލާތް ކުރުމަށް ފުރުސަތު ސިފައެއް ނުވެއެވެ

އެމްއެންޑީއެފްކަސްޓަމްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

5 ދުވަސް ކުރިން - 13:15

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް އެމްއެންޑީއެފުން ފަޔަރ ސޭފްޓީ ކުލާހެއް ނަގައިދީފި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް ފަޔަރ ސޭފްޓީ ކުލާހެއް

20 ދުވަސް ކުރިން - 15:51

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

24 ދުވަސް ކުރިން - 09:18

"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާ: ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

25 ދުވަސް ކުރިން - 10:07

ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

26 ދުވަސް ކުރިން - 13:21

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

ރޯވި ޢެޕާޓުމެންޓުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

26 ދުވަސް ކުރިން - 10:23