Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 8 ސެޕްޓެންބަރު 2026 10:48
ދިވެހި ފުލުހުންގެ ހިދުމަތް----
ދިވެހި ފުލުހުންގެ ހިދުމަތް----
ޚުލާސާ

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާ ސްކޭމްތަކަށް ސަމާލުވުމަށާއި، ތަނުގެ ސައްހަކަން ނުބަލައި އެޑްވާންސް ފައިސާ ނުދެއްކުމަށް ފުލުހުން އިލްތިމާސްކޮށްފި.

ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާ ކަމަށް ބުނެ، މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން އޮޅުވާލުންތައް ހިންގަމުންނެވެ. އެގޮތުން "Hulhumale Daily Rent Apartment" (@hulhumaleapartment) ނަމުގައި ހަދާފައިވާ ޓިކްޓޮކް އެކައުންޓަކާއި، 9607217905+ ނަންބަރު ބޭނުންކޮށްގެން މިފަދަ އަމަލުތައް ހިންގާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި މައްސަލަތަކުގައި ފައިސާ ޓްރާންސްފަރ ކުރެވޭ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ބައިވެރިވުމެއް މި އޮޅުވާލުންތަކުގައި ނޯންނަކަންވެސް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

މިފަދަ ސްކޭމްތައް ހިންގާ މީހުން އާންމުން އޮޅުވާލުމަށް ބޭނުންކުރާ މޯޑަސް އޮޕަރަންޑީ (އަމަލުކުރާ ގޮތަކީ) ފުލުހުން ވަނީ ތަފްސީލުކޮށްދީފައެވެ. އެގޮތުން، މީހުންގެ ޝައުގުވެރިކަން ދަމައިގަތުމަށް އެހެން ތަންތަނުގެ އެޕާޓްމަންޓްތަކުގެ ފޮޓޯއާއި ވީޑިއޯ ވަގަށް ނަގައިގެން، ނުކުރެވޭނެފަދަ ހެޔޮ އަގުތަކުގައި އިޝްތިހާރު ކުރެއެވެ. މެސެޖިންގ އެޕްތަކުން މުއާމަލާތްކުރަން ފެށުމުން، އެހެން ކަސްޓަމަރުންވެސް އެ ތަން ހޯދަން އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައިގެން ބުކިންގ ކަށަވަރުކުރުމަށް އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރެއެވެ. އިތުބާރު ހޯދުމުގެ ގޮތުން ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަނޫން ލިޔެކިޔުންތައް ފޮނުވައި، ވަކި ބޭންކް އެކައުންޓްތަކަކަށް 2،550 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ފައިސާ ޖަމާކުރަން އެދެއެވެ. ނަމަވެސް، ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ފޮނުވުމާއެކު، އެމީހުންގެ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާވެސް އަނބުރާ ނުދީ މަކަރުހަދައެވެ.

Advertisement

Advertisement 1

މިފަދަ އޮޅުވާލުންތަކުން ރައްކާތެރިވުމުގެ ގޮތުން، އެޕާޓްމަންޓަށް އަމަލީގޮތުން ގޮސް ތަން ބަލައި، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިންގ ފީއެއް ޓްރާންސްފަރ ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ކުއްޔަށް ހިފުމުގެ އެއްބަސްވުން ހެދުމުގެ ކުރިން ތަނުގެ މިލްކުވެރިކަން ސާބިތުކޮށްދޭ ސައްހަ ލިޔުމެއް ނުވަތަ ރަސްމީ ހުއްދަ އޮތްކަން ޔަގީންކުރުމަށާއި، ވަގުތު ކުޑަތަންވެފައިވާ ކަމަށް ބުނެ އަވަހަށް ފައިސާ ދެއްކުމަށް މަޖުބޫރުކުރާ ހާލަތްތަކުގައި ފައިސާ ނުދެއްކުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ސައްހަކަން ކަށަވަރުނުވާ ސޯޝަލް މީޑިއާ ޕްރޮފައިލްތަކާއި ޕްރައިވެޓް މެސެޖިންގ އެޕްތައް މެދުވެރިކޮށް އެކަނި މާލީ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން އިރުޝާދު ދެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މި އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކާއި، ފޯނު ނަންބަރު 9607217905 އަށް ފައިސާ ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ ފަރާތްތަކުން، ނުވަތަ މިފަދަ އެއްވެސް މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރެއްވުމަށް އެދިފައެވެ.

ސްކޭމްމޯލްޑިވްސް ޕޮލިސް ސަރވިސްއެންޓި ސްކޭމް ސެންޓަރ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

52 މިނެޓު ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ގަޑިއިރު ކުރިން - 11:24

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

1 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

1 ދުވަސް ކުރިން - 13:20

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

4 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

4 ދުވަސް ކުރިން - 20:53