Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި؛ ކުލީގެ ރޭޓުތަކަށް ބޮޑު ބަދަލެއް

އައިޝަތު އިމްސާ
1 ގަޑިއިރު ކުރިން - 31 އޯގަސްޓް 2026 15:12
ރައީސުލްޖުމްހޫރިއްޔާ، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު މިއަދު ތަސްދީޤުކުރައްވައިފި.
ރައީސުލްޖުމްހޫރިއްޔާ، ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު މިއަދު ތަސްދީޤުކުރައްވައިފި.
ޚުލާސާ

ފަޅުރަށްރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި. މި ޤާނޫނުގެ ދަށުން ފަޅުރަށްރަށުގެ ކުލި އަކަމީޓަރަކަށް 10 ލާރިން 2 ރުފިޔާއާއި 3 ރުފިޔާއާ ދެމެދުގެ ރޭޓުތަކަށް ބޮޑުކޮށް، ވަރުވާއަށް ދޫކުރުމުގެ އައު އުސޫލުތައް ވަނީ ކަނޑައަޅައިފަ.

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުގެ ސަރަޙައްދުތައް އެކިއެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ބަޔާންކުރާ "ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ މި ހިނގާ 2026 އޯގަސްޓް 26 ވީ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނުގެ ދަށުން ޓޫރިޒަމް ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތަކާއި، އިޤްތިޞާދީ، ސިނާއީ، އިޖްތިމާޢީ އަދި ދަނޑުވެރިކަމުގެ ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅު ކަނޑައެޅުމުގެ އިޖުރާތުތައް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ވަކި ޚާއްޞަ ބޭނުމަކަށް ކަނޑައެޅިފައިނުވާ ފަޅުރަށްރަށް ބެލެހެއްޓުމަށް ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައްވެސް ހިމެނެއެވެ.

Advertisement

Advertisement 1

ކުލީގެ ރޭޓުތަކަށް ގެނެވުނު ބަދަލުތައް:

* ސިނާއީ އަދި އިޤްތިޞާދީ ބޭނުމަށް: އަކަމީޓަރަކަށް 3 ރުފިޔާ

* މަސްވެރިކަމާއި ދަނޑުވެރިކަމަށް: އަކަމީޓަރަކަށް 2 ރުފިޔާ 50 ލާރި

* އިޖްތިމާއީ ބޭނުމަށް: އަކަމީޓަރަކަށް 2 ރުފިޔާ

* ވަރުވާއަށް ދޫކުރުމަށް: އަކަމީޓަރަކަށް އަހަރަކަށް 2 ރުފިޔާ

ކުރިން ފަޅުރަށްރަށުން ކުލީގެ ގޮތުގައި ނަގަމުން އައީ އަކަމީޓަރަކަށް އެންމެ 10 ލާރިއެވެ. ނަމަވެސް އިޤުތިޞާދު ފުޅާވަމުންދާތީ، އެކަށީގެންވާ ކުއްޔެއް ކަނޑައެޅުމުގެ ގޮތުން މި ރޭޓުތަކަށް ވަނީ އިޞްލާޙު ގެނެސްފައެވެ.

އައު ނިޒާމުގެ ދަށުން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށާއި ފަޅު އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް، ފަތުރުވެރިކަމާއި ސިނާއީ ބޭނުމާއި ދައުލަތުގެ ބޭނުންތައް ފިޔަވައި، ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ކައުންސިލުތަކަށް ލިބިގެންވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުން އައި "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު 98/20) އުވޭނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

8 މިނެޓު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

12 މިނެޓު ކުރިން - 16:42

މަގުމަތީގެ ނިޒާމަށް ބޮޑެތި ބަދަލުތަކާއި އެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

ހަރުކަށި އުސޫލުތަކާއެކު އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި

1 ގަޑިއިރު ކުރިން - 15:43

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

2 ގަޑިއިރު ކުރިން - 14:46

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

20 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

21 ގަޑިއިރު ކުރިން - 19:52