ޣައްޒާ މައްސަލައިގައި މަޝްވަރާ ކުރުމަށް ޙަމާސްގެ އިސް ވެރިން ތުރްކިޔޭއަށް ވަޑައިގެން، މިވަގުތު ގެންދަވަނީ އިސްތަންބޫލުގައި އެރްދޮޣާން އާއި އެކު މަޝްވަރާ ކުރަމުންނެވެ.
ތުރްކިޔޭގެ މަސްދަރުން ބުނާ ގޮތުގައި އެ ޤައުމުގެ ރައީސް ރަޖަބް ތައިބް އެރްދޮޣާން، ފަލަސްތީނުގެ ހަމާސްގެ ވަފުދާއި ބައްދަލުކުރެއްވީ އިސްތަންބޫލްގައި ހުންނަ އެ މަނިކުފާނުގެ ޑޮލްމަބަހްޗޭ ވޯކިން އޮފީހުގައެވެ.
މި ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޣައްޒާގެ މިހާރުގެ ހާލަތަށް ކަމަށް ތުރުކީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ބުރުހަނެޓިން ޑޫރާން ވިދާޅުވިއެވެ.
ނަމަވެސް، މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.










