Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯހިޔާވަހިކަން ލިބުނަސް އަމިއްލަ ބިން ދައުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް އުސޫލު ބަދަލުކުރަނީ

ބޯހިޔާވަހިކަން ލިބުނަސް އަމިއްލަ ބިން ދައުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް އުސޫލު ބަދަލުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
169 ދުވަސް ކުރިން - 23 މާޗް 2026 16:42
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން މުޅި ގޯތި އެއްކޮށް ދޫކޮށްލާފައި ހުރިހާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން ގޯތި ލިބިފައިވާނަމަ، އެ ފަރާތްތަކުން އެ ބިން ދައުލަތަށް ދޫކޮށްލަން ޖެހޭނެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ނުވަތަ ގޯތި ލިބުމުން، ކުރިން އޮންނަ އުސޫލުގެ ދަށުން ދައުލަތަށް ދޫކޮށްލަންޖެހޭ އަމިއްލަ ބިންކޮޅު ދޫކޮށްލަން ނުޖެހޭގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ދަށުން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތްނަމަ، ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ޖާގަ ލިބުމުން އެ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް، އަލަށް ގެންނަ ބަދަލާއެކު އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގައި، އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ނޫނީ ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް ދޫކޮށްލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި އާ އުސޫލުގެ ތަފްސީލުތައް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވޭނެއެވެ. އަދި މި ބަދަލަކީ މިދިޔަ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކާއި، މިދިޔަ ސަރުކާރުން ފެށިގެން އައިސް މި ސަރުކާރުގައި ފްލެޓް ހަވާލުކުރެވުނު ފަރާތްތަކަށްވެސް ހިނގާނެ އުސޫލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ނަމަވެސް، ސަރުކާރަށް ބިން ދޫކޮށްލަންޖެހޭ ބައެއް ހާއްސަ ހާލަތްތައް ރައީސް ބަޔާންކޮށްދެއްވިއެވެ. އެގޮތުން، ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން މުޅި ގޯތި އެއްކޮށް ދޫކޮށްލާފައި ހުރިހާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން ގޯތި ލިބިފައިވާނަމަ، އެ ފަރާތްތަކުން އެ ބިން ދައުލަތަށް ދޫކޮށްލަން ޖެހޭނެއެވެ. އަދި ލާޖައްސާ އުސޫލުން ބިން ދޫކޮށްލާ ކެޓެގަރީން ދޫކޮށްލާ މުޅި ގޯތިވެސް ދައުލަތަށް ދޫކޮށްލަން ޖެހޭނެއެވެ. މީގެ އިތުރުން، ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓެއް ދޫކޮށްލާފައި ދާންޖެހޭ ހާލަތެއްގައި އެ ފްލެޓެއްވެސް ސަރުކާރަށް ދޫކޮށްލަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަން ފާހަގަކުރައްވަމުން، އެ ފުރުސަތު އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

1 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05