Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މުހައްމަދު ޖަމްޝަތު
103 ދުވަސް ކުރިން - 21 މާޗް 2026 14:39
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: ޚުލާސާ
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: ޚުލާސާ
ޚުލާސާ

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމަޔަށް ތަރައްގީކުރުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ފަށަން ވަނީ ނިންމާފަ

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ފޭސް 1ގެ ބާކީ ހުރި 4 ސެގްމަންޓްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. 

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ ފޭސް 1ގައި ހިމެނެނީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. މީގެތެރެއިން ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މިދިޔަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

Advertisement

Advertisement 1

އެމްޓީސީސީން ބުނީ، މި ހަފްތާގެ ތެރޭގައި ފޭސް 1ގެ ބާކީ ހުރި 4 ސެގްމަންޓްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމުގެ އިތުރުން، 610 މީޓަރުގެ އެއްގަމު ތޮށި ތަރައްގީކޮށް މަގު އިތުރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރިއަށްދާނީ ކުރިން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.

މަގު ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. މިއީ މަސައްކަތް ކުރިއަށްދާ ވަގުތު އާންމުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.

މި މަޝްރޫއުގެ ދަށުން މަގުގައި ތާރު އެޅުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ޕޭމަންޓު ހެދުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މަގުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހިފައެއް ނުވެއެވެ.

އެމްޓީސީސީބޮޑުތަކުރުފާނު މަގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

16 ގަޑިއިރު ކުރިން - 10:22

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރުުސްޕީޑުގައި: ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

1 ދުވަސް ކުރިން - 21:38

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

އެމްޓީސީސީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަނުކުރައްވައިފި

8 ދުވަސް ކުރިން - 23:52

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލައިފި

15 ދުވަސް ކުރިން - 23:11

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

29 ދުވަސް ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

29 ދުވަސް ކުރިން - 07:07