Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުން: ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބަންދުކޮށް މަސައްކަތް ފަށަނީ

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުން: ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ބަންދުކޮށް މަސައްކަތް ފަށަނީ

މުހައްމަދު ޖަމްޝަތު
165 ދުވަސް ކުރިން - 16 މާޗް 2026 13:54
ބޮޑުތަކުރުފާނު ތަރައްގީކުރުމުގެ ތެރެއިން. މި މަޝްރޫއުގެ އިތުރުބައެއްގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުން---ފޮޓޯ: ޚުލާސާ
ބޮޑުތަކުރުފާނު ތަރައްގީކުރުމުގެ ތެރެއިން. މި މަޝްރޫއުގެ އިތުރުބައެއްގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުން---ފޮޓޯ: ޚުލާސާ
ޚުލާސާ

ބޮޑުތަކުރުފާނުމަގު tތަރައްގީކުރުމަށް އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން. މި ހުރިހާ ސަރަހައްދެއްވެސް ހުޅުވާލެވޭނީ މަސައްކަތް އެއްކޮށް ނިމުމުން

މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހިސާބަށް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދު މާޗު 21 އިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން މަސްވެރިންގެ ޕާކުން ފެށިގެން 05 ނަމްބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު މާޗު 30 އިން ފެށިގެން ބަންދުކުރާއިރު، ތިންވަނަ ފިޔަވަހީގައި 05 ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދުކުރާނީ އޭޕްރީލް 17 އިން ފެށިގެންނެވެ. މި ހުރިހާ ސަރަހައްދެއްވެސް ހުޅުވާލެވޭނީ މަސައްކަތް އެއްކޮށް ނިމުމުންނެވެ.

Advertisement

Advertisement 1

ސިޓީ ކައުންސިލުން އިތުރަށް ބުނީ، މިއަދުން ފެށިގެން މަގު ފުޅާކުރުމުގެ މަސައްކަތް ނިމި އާންމުކޮށް ހުޅުވާލެވެންދެން، އެ ސަރަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި، ދާއިމީކޮށް އަޅާފައި ބޭއްވުމަކީ މަނާކަމެއް ކަމަށެވެ.

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޖުމްލަ 144.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 455 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މީގެކުރިން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި، މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅާފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް މިހާރު ވަނީ ތަރައްގީކޮށް ނިންމާފައެވެ.

ބޮޑުތަކުރުފާނު މަގުމާލެ ސިޓީ ކައުންސިލްއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

1 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

1 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

4 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

4 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

8 ދުވަސް ކުރިން - 11:11

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. މާކުރަތު ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

10 ދުވަސް ކުރިން - 10:53