Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

50 ދުވަސްތެރޭ ދިއްދޫއިން 112 ހެކްޓަރުގެ ބިން ހިއްކައި މުއިއްޒު ސްޕީޑުގައި މަސައްކަތް ނިންމާލައިފި

50 ދުވަސްތެރޭ ދިއްދޫއިން 112 ހެކްޓަރުގެ ބިން ހިއްކައި މުއިއްޒު ސްޕީޑުގައި މަސައްކަތް ނިންމާލައިފި

އައިޝަތު ރުވާ ރިފްޢަތު
193 ދުވަސް ކުރިން - 23 ފެބްރުއަރީ 2026 23:50
ދިއްދޫ އިން ބިން ހިއްކާފައިވާ ސަރަހައްދު---
ދިއްދޫ އިން ބިން ހިއްކާފައިވާ ސަރަހައްދު---
ޚުލާސާ

މި މަޝްރޫއުގެ ދަށުން ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މިއީ އެރަށުގައި އެއާޕޯޓެއް އެޅުމަށާއި ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހިއްކި ބިމެއް.

ހއ. ދިއްދޫގެ ތަރައްގީއަށްޓަކައި ހިންގާ ބިޔަ މަޝްރޫއުގެ ދަށުން، އެ ރަށުން 112 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ 50 ދުވަހުގެ ތެރޭގައި ނިންމާލައިފި އެވެ.

ދިއްދޫގައި އެއާޕޯޓް ތަރައްގީ ކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން އެހެނިހެން އިޖުތިމާއީ ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

Advertisement

Advertisement 1

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، އެ މަޝްރޫއުގެ މުހިންމު ތަފުސީލުތައް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، މިދިޔަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް 50 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެ ސަރަހައްދު ހިއްކުމަށް ޖުމްލަ 5،492,089.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާކަން ވެސް ރައީސް ޕޯސްޓުގައި ބަޔާންކުރައްވާފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މަސައްކަތް ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ބޮޑު ސަރަހައްދެއް ހިއްކައި ނިންމާލެވިފައިވަނީ ބިން ހިއްކުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ލެއިވް އެރިކްޝަން" ބޭނުންކޮށްގެންނެވެ. ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރުގެ މި އުޅަނދަކީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި، ބިން ހިއްކުމުގެ މަސައްކަތްތަކަށް ވަރަށް ހަލުވި އުޅަނދެކެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދަކާ ގުޅިފައިވާ ކަމެކެވެ. މި މަޝްރޫއު ނިމުމުން ދިއްދޫގެ ބިމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، އިގްސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިއްދޫ ރައްޔިތުން ގަބޫލުކުރެ އެވެ.

ބިން ހިއްކުންބޯހިޔާވަހިކަންއެއާޕޯޓްހއ. ދިއްދޫރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

2 ދުވަސް ކުރިން - 12:50

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

2 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

3 ދުވަސް ކުރިން - 16:54