Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަށްތަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖަނަރޭޓަރުތައް ރާއްޖެ ގެނެސްފި

ރަށްތަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޖަނަރޭޓަރުތައް ރާއްޖެ ގެނެސްފި

އައިޝަތު ރުވާ ރިފްޢަތު
190 ދުވަސް ކުރިން - 22 ފެބްރުއަރީ 2026 17:05
މާލޭގައި ހުންނަ ފެނަކައިގެ ރަސްމީ އިމާރާތުގެ ބޯޑު. / ފޮޓޯ: ޚުލާސާ
މާލޭގައި ހުންނަ ފެނަކައިގެ ރަސްމީ އިމާރާތުގެ ބޯޑު. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ޖަނަރޭޓަރު ސެޓްތައް އެ ރަށްތަކުގައި އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއެކު، އެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކައިން މައުލޫމާތުދޭ.

ާމރާއްޖޭގެ ބައެއް ރަށްތަކަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، އަޕްގްރޭޑް ކުރުމަށްޓަކައި ބޭނުންވާ އާ ޖަނަރޭޓަރުތައް ރާއްޖެ ގެނެސް، އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފި އެވެ.

ފެނަކައިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފިޔަވަހީގައި ޖަނަރޭޓަރުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ރަށަކަށެވެ. އެއީ ލ. އިސްދޫ، ލ. ދަނބިދޫ، ބ. ކެންދޫ އަދި ހއ. ކެލާއެވެ. މި ރަށްތަކަށް ފޮނުވާ ޖަނަރޭޓަރުތަކުގެ ތަފްސީލަކީ:

ލ. އިސްދޫއަށް: 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް

Advertisement

Advertisement 1

ލ. ދަނބިދޫއަށް: 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް

ބ. ކެންދޫއަށް: 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް

ހއ. ކެލާއަށް: 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް

މީގެ ތެރެއިން ލ. ދަނބިދޫއަށާއި ލ. އިސްދޫއަށް ފޮނުވާ ޖެންސެޓްތައް މިހާރު ވަނީ ފޮނުވާލުމަށް ތައްޔާރުކުރެވިފައެވެ. ފެނަކައިން ބުނި ގޮތުގައި މާދަމާގެ ވަގުތެއްގައި މި ދެ ރަށަށް ޖަނަރޭޓަރުތައް ގެންދެވޭނެ އެވެ. އަދި ބ. ކެންދޫ އާއި ހއ. ކެލާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ޖެންސެޓްތައް މިހާރު މާލެ ގެނެވިފައިވާ ކަމަށާއި، ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ހަތަރު ރަށަކީވެސް މިހާރު ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކުރިމަތިވެފައިވާ ރަށްތަކެކެވެ. ވަކިން ހާއްސަކޮށް، ރަމަޟާން މަހަކީ އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވުމާއެކު، ކަރަންޓު ކެނޑުމާއި ވޯލްޓޭޖް ދަށްވުމުގެ މައްސަލަތައް ކުރިމަތިވެ ރައްޔިތުންނަށް ދަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން ގަބޫލުކުރާ ގޮތުގައި، މި ޖަނަރޭޓަރު ސެޓްތައް އެ ރަށްތަކުގައި އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއެކު، އެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރައްޔިތުންނަށް އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދެވޭނެ އެވެ.

ރަމަޟާން މަހަކީ ގޭބިސީތަކުގައި ކަރަންޓުގެ ހަރަދު ބޮޑު މައްސަރެއް ކަމުގައިވާތީ ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ މަތިނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މާނައަކީ 400 ރުފިޔާއަށް ވުރެ މަތިން ކަރަންޓު ބިލަށް އަރާ ބިލުތަކަށް އެ މަތިވާ އަދަދަކީ ސަރުކާރުން ދޭ ޑިސްކައުންޓެވެ.

ފެނަކަލ. އިސްދޫލ. ދަނބިދޫބ. ކެންދޫހއ. ކެލާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

11 ދުވަސް ކުރިން - 16:10

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 23:13

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

28 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

33 ދުވަސް ކުރިން - 14:52

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

49 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

51 ދުވަސް ކުރިން - 23:18