Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވީއައިއޭގެ ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

ވީއައިއޭގެ ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

މުހައްމަދު ޖަމްޝަތު
157 ދުވަސް ކުރިން - 18 ފެބްރުއަރީ 2026 13:47
ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ:ރައީސް އޮފީސް
ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

ނައިބު ރައީސް ވިދާޅުވީ ޑޮމެސްޓިކް ހިދުމަތްތައް ބޮޑު އަދި ޒަމާނީ ޓާމިނަލަކަށް ބަދަލުކުރުމުން އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ޑޮމެސްޓިކް ހިދުމަތްތައް ބޮޑު އަދި ޒަމާނީ ޓާމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެ އެއާޕޯޓުން ދެމުންގެންދާ ހިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސް، ޓާމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓާމިނަލަކީ ދިވެހިންނާއި ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު، މީގެ ކުރިން އެ ތަން ތަރައްގީކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުން ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދި ޓާމިނަލް 2 އިފުތިތާހު ކުރެވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ދެއްވި އިސްކަމުގެ ސަބަބުން ކަމަށާއި އަލަށް ހުޅުވުނު ޓާމިނަލަކީ ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، ހިތްފަސޭހަ އަދި އިތުރު ހިދުމަތްތަކެއް އެކުލެވޭ ތަނެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މީގެއިތުރުން، މިއީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދުރުވިސްނުންތެރި އިގުތިސާދީ ސިޔާސަތުގެ ނަތީޖާކަން ފާހަގަކުރައްވައި، ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމުމުގައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.

އަދި މި ބަދަލާއެކު އެއާޕޯޓުން ލިބޭ ހިދުމަތުގެ ފެންވަރު މަތިވެ، އިގުތިސާދީ ގޮތުން ލިބެންޖެހޭ ނަފާ އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ވެލާނާ އެއަރޕޯޓުގެ ކާގޯ ހިދުމަތްތައް އެމް.އޭ.ސީ.އެލް އިން ދައްކާލައިފި

ވެލާނާ އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ޗައިނާގެ އެއަރ ކާގޯ މައުރަޒުގައި ދައްކާލައިފި

4 ދުވަސް ކުރިން - 18:05

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

ސްޓާފުންނަށް އިންޒާރުދިން ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްއިން ދޮގުކޮށްފި

20 ދުވަސް ކުރިން - 14:19

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

އެއާޕޯޓުގެ ކްރައިސިސް މެނޭޖްމަންޓް ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

27 ދުވަސް ކުރިން - 14:05

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

29 ދުވަސް ކުރިން - 19:47

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

އެމްއޭސީއެލްގެ ބޯޑަށް ނާޞިފް އަދި އޭއައިއޭގެ ބޯޑަށް ޝެރީނާ

31 ދުވަސް ކުރިން - 23:43

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53