Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަރަދޫފޭދޫގައި ޑޮކްޓޯރަލް ޑިގްރީ އާއި ހަމަޔަށް ކިޔެވޭނެ ގޮތް ހަދައިދީފި

މަރަދޫފޭދޫގައި ޑޮކްޓޯރަލް ޑިގްރީ އާއި ހަމަޔަށް ކިޔެވޭނެ ގޮތް ހަދައިދީފި

ހައްވާ މިރުފާ
153 ދުވަސް ކުރިން - 14 ފެބްރުއަރީ 2026 00:41
ޔުނިވާސިޓީގެ ޗާންސެލަރު ޑރ.އަލީ ޒާހިރު އާއި އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީ ނިޒާރު އިއްޔެ އައްޑޫސިޓީ އައިޔޫއެމް އާ ކެމްޕަސް ހުޅުވައިދެއްވުން  --- ފޮޓޯ: އައިޔޫއެމް
ޔުނިވާސިޓީގެ ޗާންސެލަރު ޑރ.އަލީ ޒާހިރު އާއި އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީ ނިޒާރު އިއްޔެ އައްޑޫސިޓީ އައިޔޫއެމް އާ ކެމްޕަސް ހުޅުވައިދެއްވުން --- ފޮޓޯ: އައިޔޫއެމް
ޚުލާސާ

މާސްޓާސް ޑިގްރީގެ ކޯހެއް ހިމެނޭހެން، ޖުމްލަ 4 ކޯހެއްގެ ކިޔެވުން ފެށުމާ އެކު، އައްޑޫސިޓީގައި އިސްލާމިކް ޔުނިވާސިޓީގެ އާ ކެމްޕަސް ހުޅުވައިފި

އަމިއްލަ ފަސްގަނޑުގައި ތިބެގެން ޑޮކްޓޯރަލް ޑިގްރީއާ ހަމައަށް ތައުލީމު އުނގެނުމުގެ ފުރުސަތު އައްޑޫ ރައްޔިތުންނަށް ފަހިވިކަމީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު މިހެން ވިދާޅުވީ މަރަދޫފޭދޫގައި އިއްޔެ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އާ ކެމްޕަސް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ މަޝްރޫއުއެއްގެ ގޮތުގައި އެ ކެމްޕަސް ހިމަނައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ތައުލީމަށް ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

މަރަދޫފޭދޫގައި އައިޔޫއެމް ގެ ކެމްޕަހެއް ދަރިވަރުންގެ ދަނާލަކާއި އެކު ގާއިމުކުރުމަށް ކޮންޓްރެކްޓަރަކާއި އެކު ސޮއި ކޮށްފައި ވަނީ މިދިޔަ ނޮވެންބަރު މަހު، އައްޑޫ ހައި ސްކޫލްގައި ރައީސުލްޖުމްހޫރިއްޔާ އެ ސިޓީގެ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

Advertisement

Advertisement 1

އެ ކެމްޕަހުގައި ދަރިވަރުންގެ ދަނާލާއި، ކްލާސްރޫމްތަކާއި ލައިބްރަރީ އަކާއި މީޓިން ރޫމާއި ސްޓާފް ރޫމާއި އިދާރީ އޮފީސް، ސެމިނާ ހޯލް، ކެންޓީން، ރެކްރިއޭޝަނަލް ފެސިލިޓީސް، އަދި ސްޓާފް އެކޮމޮޑޭޝަން ހިމެނެ އެވެ.

އައިޔޫއެމްގެ މަރަދޫފޭދޫ ކެމްޕަސް ހުޅުވީ މާސްޓާސް ޑިގްރީގެ ކޯހެއް ހިމެނޭހެން، ޖުމްލަ 4 ކޯހެއްގެ ކިޔެވުން ފެށުމާއި އެކުގައެވެ. ކުރިއަށް އޮތް ހަފުތާ އާއި ހަމައަށް ލޭޓް އެޕްލިކޭޝަން ހުޅުވާލާފައިވާތީ އަދިވެސް އިތުރު ކޯސްތައް އެ ކެމްޕަސްގައި މި ސެމެސްޓާގައި ފެށުމުގެ އުންމީދު ބޮޑުކަމަށް އެޔުނިވާސިޓިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އައްޑޫ ސިޓީސ. މަރަދޫފޭދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

4 ގަޑިއިރު ކުރިން - 19:57

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

45 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

52 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

52 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

52 ދުވަސް ކުރިން - 10:11

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

53 ދުވަސް ކުރިން - 20:42