ބާޒާރުމަތި ސަރަހައްދުގައި ތާރުއަޅައި ނިންމައިފި

މަރްޔަމް މާޙީ | 9 ގަޑިއިރު ކުރިން - 11 ފެބްރުއަރީ 2026 17:45
ބޮޑުތަކުރުފާނު މަގު ބާޒާރުމަތީ ސަރަހައްދުގެ ތާރު އަޅައި ނިމިފައި--- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ބާޒާރުމަތީ ސަރަހައްދުގެ ތާރު އަޅައި ނިމިފައި--- ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ބާޒާރުމަތި ސަރަހައްދުގައި ތާރުއަޅައި ރޯދައަށް ނިންމާނެކަން ސަރުކާރުން ކުރިންވެސް އޮތީ އިއުލާނުކޮށްފަ

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ބާޒާރުމަތި ހިމެނޭ ސަރަހައްދުގެ ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަގު ހެދުމުގެ ސަރުކާރުން ކުރިއަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ރޭގެ ވަގުތެއްގައި އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފައިވާއިރު, ރޭގެ ވަގުތެއްގައި މި މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

އެގޮތުން, ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 260 މީޓަރުގެ ސަރަހައްދެއްގައި އެމްޓީސީސީން ވަނީ ތާރު އަޅައިފައެވެ.

މި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ތާރު އަޅައި ނިންމާފައިވާއިރު, ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި ކުރިއަށް ދިޔައީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ބާޒާރުމަތީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް, ފުޅާކޮށް ނިންމުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%