ޣައްޒާގެ މުސްލިމުންނަށް އަނިޔާދީ ޝަހީދުކޮށް ޖަރީމާތައް ހިންގަން އުޅުނު އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ރިޒާވް ސްކޮޑަށް ޙަމަލާދީ އެމީހުންގެ ތެރެއިން ހަމީހަކު ޒަޚަމް ކޮށްލައިފިއެވެ. މިއަދު ހެނދުނު
އިސްރާއީލު އަސްކަރިއްޔާއިން ބުނީ ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައި ޙަމާސްގެ ހަނގުރާމަވެރިން ވަނީ އިސްރާއީލްގެ ރިޒާވް ފުލުހުންގެ ތެރެއިން ހަމީހެއްގެ ގަޔަށް ބަޑި ޖަހާފައި ކަމަށާއި ޙާލު ސީރިއަސް ކަމަށެވެ. އެ އެންމެން މިހާރު ވަނީ ހެލިކޮޕްޓަރުގައި ޓެކްއަވީވް އަށް ގެންގޮސްފައެވެ.
ޙަމާސް އިން އިސްރާއީލު ސިފައިންނަށް ޙަމަލާ ދިނީ ޒައެނިސްޓުން ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާއި ޚިލާފުވެ ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކުރަމުން ދާތީއެވެ.
މެދުއިރުމަތީގައިވާ މުޖާހިދުން ވަނީ 2023 ގެ އޮކްޓޯބަރ 7 ގެ ފަހުން އިސްރާއީލުގެ 891 ސިފައިން މަރާލައި އެތަށް ހާސް ބަޔަކު ޒަޚަމް ކޮށްލާފައެވެ.










