ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކުރިޓީ އޮފިސަރުންގެ ތަމްރީން ނިންމި ފުރަތަމަ ބެޗް އިފްތިތާހް ކޮށްފި އެވެ.
އެމްއޭސީއެލުން މިއަދު ނެރުން އިއުލާނުގައި ބުނެފައިވަނީ އެކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިތުރަށް ވަރުގަދަ ކުރުމަށާއި ފަންނީ މިންގަނޑު ހިފެއްޓުމުގެ ގޮތުން، އެއާޕޯޓް ސެކުރިޓީ އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްއެއް ހިންގާފައިވާނެ ކަމަށެވެ. އަދި އެ ޕްރޮގެރާމްގައި ބައިވެރިވީ ފުރަތަމަ ބެޗް، ތަމްރީން ފުރިހަމަކޮށް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރަސްމީކޮށް ނިކުތުމަށް މިހާރުވަނީ ތައްޔާރު ވެފައި ކަމަށެވެ.
އެ އިއުލާނުގައި އެކުންފުނިން ބުނެފައި ވަނީ ހުޅުމާލެ އައިލެންޑް ހޮޓެލްގައި ބޭއްވުނު މި އިފްތިތާހީ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ފަސީހް ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖާ، ހަސަން އަޝީތުގެ އިތުރުން އެޑިޕާޓްމަނޓުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.
https://x.com/MACLmedia/status/2017870065924985317?s=20
އެމްއޭސީއެލުން ބުނީ މި ޕްރޮގްރާމް ކުރިއަށް ދިޔައީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން ކަމަށެވެ. އަދި އެޕްރޮގްރާމްގެ ތަމްރީންތައް ކުރިއަށް ގެން ދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި އެވެ. ފަސްދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ ގޮތަށް ކުރިއަށް ދިޔަ އެޕްރޮގްރާމުގައި، އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ 28 އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ. އަމަލީ ތަމްރީނުތަކާއި، ތިއަރީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި ގާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަޚުލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކާއި، ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއާއި، ޖިސްމާނީ ދުޅަހެޔޮކަން އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.










