Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙަމާސްގެ ބެލުމުގެ ދަށުގައި ހުރި އިސްރާއީލު ސިފައިންގެ މީހެއްގެ ދުލުން…

ޙަމާސްގެ ބެލުމުގެ ދަށުގައި ހުރި އިސްރާއީލު ސިފައިންގެ މީހެއްގެ ދުލުން…

ހުސައިން އިސްމާއިލް
222 ދުވަސް ކުރިން - 30 ޖެނުއަރީ 2026 00:20
އެއްބަސްވުމުގެ ދަށުން އީތަން މިނިވަން ވުމުން އިސްރާއީލުގެ ސިފައިންގެ މީހަކާއި އެކު.
އެއްބަސްވުމުގެ ދަށުން އީތަން މިނިވަން ވުމުން އިސްރާއީލުގެ ސިފައިންގެ މީހަކާއި އެކު.
ޚުލާސާ

އީތަން ބުނީ އޭނާގެ އަތަށް ޙަމާސްއިން ބަޑިއެއްވެސް ދިން ކަމަށާއި ނަމަވެސް އެޓޭކް ކުރާކަށް ނުވިސްނައި، ޙަމާސްގެ ހަނގުރާމަވެރިންނާއި އެކު މަސައްކަތް ކުރީ ފުރަނަ ސަލާމަތްކުރުމަށް.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޙަމާސް އިން ޔަހޫދީންގެ ބަޔަކު އަތުލައިގަނެ، އެމީހުން ގެންގޮސް އަސީރުންގެ ގޮތުގައި ގެންގުޅުނު އިރު، އޭގެތެރޭގައި އިސްރާއީލުގެ ސިފައިންގެ މީހެއް ކަމަށްވާ އީތަން މޯރް ހުއްޓެވެ. އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއަކަށް މިފަހުން އޭނާ ދިން އިންޓަވިއުއެއްގައި ބުނީ، ޣައްޒާގައި އޭނާ ހައްޔަރުކޮށްފައި ހުއްޓާ ތަކުރާރުކޮށް އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގެ ސަބަބުން އެތައް ފަހަރަކު އޭނާ ދިރިހުއްޓާ ގާތްގަނޑަކަށް ވަޅުލާފައިވާ ކަމަށެވެ.

"އަހަރެން ހަމާސްގެ ހަނގުރާމަވެރިންނާ އެކު އެޕާޓްމަންޓެއްގައި އިށީނދެގެން އިންއިރު އަހަރެމެންގެ ކައިރީގައި ހުރި ޢިރާތަކަށް އެފް-16 އަކުން ބޮން އެޅީ… މަލްޓި ސްޓޯރީ ޢިމާރާތެއް ފުނޑައިލީ… ހީވީ ބޮޑު ބިންހެލުމެއް އައިހެން… އެއާއި އެކު އަހަރެމެން ތިބި އިމާރާތް ވެސް އަހަރެމެންގެ ބޯ މައްޗަށް ވެއްޓެން ފެށީ... އެންމެން ރޮއެ ހޭރެން ފެށީ..".

އީތަން ބުނީ އެވަގުތި ޙަމާސްގެ ހަނގުރާމަވެރިންގެ ތެރެއިން އެކަކު އޭނާގެ އަތަށް ބަޑިއެއް ދިނުމަށް ފަހު އެތަނުން ނުކުމެ އޭނާގެ ފަހަތުން ދުވެފައި ދިޔުމަށް އެދުނު ކަމަށާއި. އެއާއި އެކު ޙަމާސް ގެ ހަނގުރާމަވެެިޔާގެ ފަހަތުން ބަޑި ހިފައިގެން ދުވީ ކަމަށެވެ.

Advertisement

Advertisement 1

"އޭނާ އަހަރެންގެ އަތަށް ބަޑި ދީފައި ބުނީ ތިމަންނަގެ ފަހަތުން ދުވާށޭ'،" އީތަން ބުންޏެވެ.

ރޭށިއޯ ހޯސްޓް: ކީއްވެ ޙަމާސްގެ މީހާގެ ގަޔަށް ބަޑި ޖަހައި އޭނާ މަރައިނުލީ؟ އީތަން: އޭނާގެ (ޙަމާސްގެ ހަނގުރާމަވެރިޔާ) ގަޔަށް ބަޑިޖަހާފައި ދެން އަހަރެން ވަކި ކީއްތަ ކުރާނީ؟ ކޮން ތާކަށް ވަންނާނީ؟"

އީތަން ބުނީ އެވަގުތު އޭނާގެ ދިރިހުރުން މުޅިން ބިނާވެފައި އޮތީ ޙަމާސްގެ ހަނގުރާމަވެރިޔާ އާއި އެކު ހުރުމަށެވެ.

އެ މަންޒަރު ސިފަކުރަމުން އީތަން ބުނީ ކަނު އަނދިރީގައި މަގުމަތިން ފިލަން ދުވިއިރު ހުރިހާ ދިމަދިމާލުން ވެސް ފެންނަނީ ޢިމާރާތްތައް ވެއްޓޭ މަންޒަރާއި ވެއްޓިވައިވާ ޢިމާރާތްތަކާއި ކުނިބުންޏެވެ.

"އަހަރެން ދިޔައީ އޭނާގެ ފަހަތުން ދުވަމުން، އަހަރެން ބޭނުމެއް ނުވި އަހަންނަށް އޭނާ ބެއްލޭކަށ… އެވަގުތު އަހަރެންގެ ހިތަށް ވެސް އެރި އިސްރާއީލުގެ ސިފައިންނަށް އަހަރެން ހުރި ތަނެއް ނޭނގޭކަން.… އަދި ޖާސޫސީ އިދާރާއަށް ވެސް އެއްވެސް މިންވަރަކަށް ނޭނގޭކަން.”

އީތަން ބުނީ ޙަމާސް އިން އޭނާ ދޫކޮށްލުމުން އިސްރާއީލުގެ ޖާސޫސީ އޮފިސަރަކު ވެސް އޭނާއަށް މިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

“އޭނާ (ޖާސޫސީ އޮފިސަރު) އަހަރެންގެ ގާތުގައި ބުނީ ތިމަންނަމެންނަކަށް ނޭނގެޔޯ އަހަރެމެން ވީ ތަނެއް ވެސް” އީތަން ބުންޏެވެ.

ޣައްޒާގައި އޭނާ ރަހީނު ކޮށްފައި ހުރީ ކޮން ތަނެއްގައި ކަމެއް އީތަން ނުބުނެއެވެ.

ޣައްޒާގެ އެކި ހިސާބުތަކަށް ތަނެއްދޮރެއް ނުބަލައި ޔަހޫދީން ބޮން އެޅުމުން، ޙަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލުގެ ވަރަށް ގިނަ ބަޔަކު މަރުވިއެވެ.

އިސްރާއީލުން ހިންގި ޤަތުލުޢާންމުގައި ގާތްގަނޑަކަށް 71،000 އާއި 100،000 އާއި ދެމެދުގެ ޢަދަދަކަށް މީހުން މަރުވި ނުވަތަ ޝަހީދުވި އިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ޒަޚަމް ވި މީހުންގެ ޢަދަދު ވެސް 200،000 އާއި ގާތް ކުރެއެވެ.

މިދިޔަ އޮކްޓޯބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން އެ ޙަމަލާތައް “ކަރުދާހުގައި” ހުއްޓައިލި ނަމަވެސް އިސްރާއީލުން ވަނީ އެ އެއްބަސްވުމަށް ފަހު ވެސް 492 މީހުން މަރާލާފައި/ޝަހީދުކޮށްލާފައެވެ.

އިސްރާއީލްޙަމާސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

33 ދުވަސް ކުރިން - 23:25