ޙަމާސްގެ ހަތިޔާރު އެޅި ވިންގު، އިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ އަވަހާރަވެއްޖެކަން އެ ޖަމާޢަތުން ކަށަވަރުކޮށް، އޭނާގެ އަސްލު ނަން ވެސް ހާމަކޮށްފިއެވެ.
އެ ޖަމާޢަތުން އާންމުކުރި ވީޑިއޯ ބަޔާނެއްގައި އަބޫ އުބައިދާގެ އަސްލު ނަމަކީ ހުޛައިފާ ސަމީރު ޢަބްދުالله އަލް ކަޙްލޫތު (حُذَيْفَة سَمِير عَبْدُ اللَّهِ الكَحْلُوت) އެވެ.
އަބޫ އުބައިދާ އަކީ ޣައްޒާ ހަނގުރާމައިގެ މައިދާނުގައި ވެސް އެތަނުހައި ހިނގާ ހުރިހާ ކަންތައް މުޅި ދުނިޔެއަށް ބަރާބަރަށް ހާމަކުރަމުން ގެންދެވި ފަހުލަވާނެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން މެއި މަހު ޣައްޒާގައި ހިންގި އޮޕަރޭޝަންތަކުގެ ތެރޭގައި އޭނާ ޝަހީދުވެއްޖެ ކަމަށް ވެސް ޚަބަރު ފެތުރުނެވެ.
އަބޫ އުބައިދާ އުޅުއްވަނީ މުޅިންވެސް މޫނު ނިވާކޮށްގެންނެވެ.






