Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އައްޑޫ މޭޔަރުކަމުގެ ރޭހުގެ ކުރީގައި މުޝްރިފް!

އައްޑޫ މޭޔަރުކަމުގެ ރޭހުގެ ކުރީގައި މުޝްރިފް!

މުހައްމަދު ޖަމްޝަތު
171 ދުވަސް ކުރިން - 21 ޑިސެންބަރު 2025 19:24
އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ ސ. ހިތަދޫ / ތުނިޔަ މުޝްރިފް އަލީ---
އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ ސ. ހިތަދޫ / ތުނިޔަ މުޝްރިފް އަލީ---
ޚުލާސާ

ސޯޝަލް މީޑިއާ ކެމްޕެއިންތަކުގެ ނަތީޖާތަކަށް ބަލާއިރު މުޝްރިފް އުޅުއްވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ މޭޔަރު، އަލީ ނިޒާރަށްވުރެ މާ ކުރީގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ރޭހުގައި ސ. ހިތަދޫ / ތުނިޔަ މުޝްރިފް އަލީއަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރުކަމަށް މުޝްރިފް ވާދަކުރައްވަން ނުކުންނެވީ ވެރިކަން ކުރާ ޕީއެންސީ ކެންޑިޑޭޓެއް ގޮތުގައި ޕާޓީގެ ގިނަ ރައްޔިތުންގެ ތާއީދާ އެކުއެވެ. މި ގޮނޑިއަށް ދެން ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީން އަލީ ނިޒާރު އެވެ. ނިޒާރު އަކީ މިހާރުގެ މޭޔަރެވެ.

ނަމަވެސް ސޯޝަލްމީޑިއާގެ ޓްރެންޑުތަކަށް ބަލާއިރު މުޝްރިފް މިހާރުވެސް އުޅެނީ އެ ރޭހުގެ ވަރަށް ކުރީގައެެވެ. މޭޔަރު ނިޒާރު ދެވަނަ ދައުރަކަށް ވާދަކުރަށްވާއިރު މިހާރުވެސް މުޝްރިފް އަންނަނީ އެކި އުމުރުފުރައިގެ ގިނަ ބައެއްގެ ބޮޑު ތާއީދެއް ހޯއްދަވަމުންނެވެ.

Advertisement

Advertisement 1

ސޯޝަލް މީޑިއާގެ ކެމްޕެއިންތަކުގެ ނަތީޖާތައް ދައްކާގޮތުން އައްޑޫގެ މޭޔަރުކަމުގެ ގޮނޑި ކާމިޔާބު ކުރައްވާނީވެސް މުޝްރިފް އެވެ.

މުޝްރިފް އަކީ ތައުލީމީ ބޭފުޅެކެވެ. ރައްޔިތުންގެ އިހުސާސުތައް ދަންނަ އަދި ރައްޔިތުންނާއި ގާތުން މަސައްކަތްކުރަން ދަންނަ ފިސާރި ކެންޑިޑޭޓެކެވެ.

މުޝްރިފްގެ ތައުލީމީ ބެކްގްރައުންޑަށް ބަލާއިރު އޭނާ ހުންނެވީ ކޮމްޕިއުޓަރު ސައިންސުގެ ދާއިރާއިން ބެޗެލާސް އަދި މާސްޓާސް ހާސިލުކުރައްވައިގެންނެވެ.

މުޝްރިފް ވަނީ ކަސްޓަމްސްގެ އޮފިސަރެއްގެ މަގާމުން ފެށިގެން ގޮސް އެކި އިދާރާތަކުގެ މެނޭޖަރުކަމުގެ މަގާމާއި ޑިރެކްޓަރު މަގާމުވެސް ފުރުއްވާފައެވެ.

އެގޮތުން އޭނާ ވަނީ އައްޑޫ ހައި ސްކޫލުގެ ޓީޗަރެއްގެ މަގާމާއި އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ޕާޓް ޓައިމް ލެކްޗަރާއެއްްގެ މަގާމު ފުރުއްވާފައެވެ. އެއަށްފަހު އައްޑޫ ސިޓީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި އަމިއްލަ ކުންފުންޏެއްގެ އޮފީސް މެނޭޖަރުކަންވެސް ކުރެއްވިއެވެ. އަދި ފެނަކަ ހިތަދޫ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ކަމާއި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިތަދޫގައި ހިންގާ ބިޒްނަސް ޑިވޮލޮޕްމަންޓް ސާވިސް ސެންޓަރުގެ މެނޭޖަރު ކަމާއި ލިތިއަމް ކެޕިޓަލް ކުންފުނީގެ ޑިރެކްޓަރު ކަމާއި ގދ. ފިޔޯރީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މި ތައުލީމާއި ތަޖުރިބާއަށް ބަލާއިރު އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެ ގޮނޑިއަށް އެންމެ ގާބިލު ކެންޑިޑޭޓަކީ މުޝްރިފް އަލީކަމަށް އައްޑޫގެ ގިނަ ރައްޔިތުންތަކެއް ދަނީ ބުނަމުންނެވެ.

ޕީއެންސީއައްޑޫ ސިޓީ
Ad
Ad

4 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ބަރަވެލަ

171 ދުވަސް ކުރިން - 20:22

ކިހިނެއަ މޭޔަރ ކަމަށް ވާަދަކުރާވާހަކަ ކޮބާ ޕްރައިމެރީ

ގުޅޭ ޚަބަރުތައް

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

4 ދުވަސް ކުރިން - 10:48

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

ކެމްޕެއިން ޓީމުން ކުރީ ތައުރީފު ހައްގު މަސައްކަތެއް: އަބްދުއްރަހީމް

4 ދުވަސް ކުރިން - 23:26

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55