Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބާޒާރުމަތި ބަނދަރުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ބާޒާރުމަތި ބަނދަރުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
260 ދުވަސް ކުރިން - 14 ޑިސެންބަރު 2025 17:03
ބާޒާރުމަތީ ބަނދަރު ސަރަހައްދުން އުޅަނދުތައް ނެގުމަށް ހަމަޖެހިފައިވާ ގޮތް--- ފޮޓޯ: އެމްޕީއެލް
ބާޒާރުމަތީ ބަނދަރު ސަރަހައްދުން އުޅަނދުތައް ނެގުމަށް ހަމަޖެހިފައިވާ ގޮތް--- ފޮޓޯ: އެމްޕީއެލް
ޚުލާސާ

އެ ސަރަހައްދުގެ އެއްގަމު ތޮށި ތަރައްގީކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އަންނަ ހުކުރު ދުވަހުގެ ކުރިން ނެގުމަށް އެމްޕީއެލް އިން ވަނީ އެދިފަ

ބާޒާރުމަތީ އެއްގަމު ތޮށި ތަރައްގީކުރުމުގެ އިތުރުން މަގު ފުޅާކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ބަނދަރުގައި އަޅާފައިވާ އުޅަނދުތައް ވަގުތީ ގޮތުން އެމްއެމްއޭ ސަރަހައްދަށް ބަދަލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އަންގައިފި އެވެ.

މި މަހުގެ 20 ވަނަ ދުވަހު އެ ސަރަހައްދުގެ އެއްގަމު ތޮށި ތަރައްގީކުރުމުގެ މަސައްކަތާއި، މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެމްޕީއެލްއިން ވަނީ އެދިފަ އެވެ. މި ފަޅުތެރެ ހުސްކުރާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ހުސްކުރުމަށް ހަމަޖެހިފައިވަނީ ވަނީ މަސް މާރުކޭޓުން ފެށިގެން، 100 މީޓަރުގެ ސަރަހައްދެކެވެ. އެއީ މަސް މާރުކޭޓު ކުރިމަތިން މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ ސަރަހައްދެވެ.

މި ބަދަލާއެކު އެ ސަރަހއްދުން ނަގާ އުޅަނދުތައް އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަހައްދުގައި އަޅާފައި ބޭއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، ވާޓާރުގައި މާކު ޖަހާފައިވާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ސަރުކާރުގެ އަމާޒަކީ ބޮޑުތަކުރުފާނު މަގު ބާޒާރު މަތި ހިމެނޭ ސަރަހައްދުގެ މަސައްކަތް އަންނަ އަހަރުގެ ރޯދަމަހުގެ ކުރިން ނިންމާލުމެވެ.

ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެގޮތުން މިހާތަނަށް ބޮޑުތަކުރުފާނު މަގުގެ ސެގެމަންޓް އެކެއްގެ މަސައްކަތް އެއްކޮށް ވަނީ ނިންމާލައިފަ އެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން، ލޯކަލް މާރުކޭޓުން ފެށިގެން ނޯތް ހާބަރާ ހަމައަށް، ޖުމްލަ 250 މީޓަރުގެ ސަރަހައްދެއް މަގު ފުޅާކޮށް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޕީއެލްބޮޑުތަކުރުފާނު މަގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއެކު ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

7 ދުވަސް ކުރިން - 08:34

ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގައި ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

15 ދުވަސް ކުރިން - 18:49

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

16 ދުވަސް ކުރިން - 23:57

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

17 ދުވަސް ކުރިން - 16:30

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

20 ދުވަސް ކުރިން - 08:29

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

32 ދުވަސް ކުރިން - 01:05