Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އައްޑޫ ހައިސްކޫލް ކޭސް: ޓީޗަރު އައި ވަގުތު ކުލާހުގައި ހުރީ ބަރަހަނާ ވީޑިއޯ އަޅުވާފަ

އައްޑޫ ހައިސްކޫލް ކޭސް: ޓީޗަރު އައި ވަގުތު ކުލާހުގައި ހުރީ ބަރަހަނާ ވީޑިއޯ އަޅުވާފަ

ހުސައިން އިސްމާއިލް
181 ދުވަސް ކުރިން - 11 ޑިސެންބަރު 2025 22:51
އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12 އިގެ ކުލާހެއްގެ ތެރޭގައި ހިނގި ހާދިސާގައި ޓީޗަރަށް ދަރިވަރު ބުލީ ކުރަނީ (ސްކްރީންޝޮޓެއް)
އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12 އިގެ ކުލާހެއްގެ ތެރޭގައި ހިނގި ހާދިސާގައި ޓީޗަރަށް ދަރިވަރު ބުލީ ކުރަނީ (ސްކްރީންޝޮޓެއް)
ޚުލާސާ

ޕްރޮޖެކްޓަރުގެ ވާގަނަޑު ނެއްޓުމަށްފަހު ދަރިވަރެއްގެ ފޯނާއި ކަނެކްޓު ކުރުމަށް ފަހު ބަރަހަނާ މަންޒަރުތައް އަޅުވާފައި. ޓީޗަރު ފޯނު އަތުލުމުން ހިންގީ މާރާމާރީ. އަންހެން ދަރިވަރުންނަށް ވެސް ރައްކާތެރިކަމެއްނެތް

އައްޑޫ ހައި ސްކޫލްގައި ކިޔަވައިދޭ ދަރިވަރެއްގެ ގައިގައި ބިދޭސީ ޓީޗަރަކު އިއްޔެ ޖަހައި މާރާމާރީ ހިންގި ކަމަށް ބުނާ ވާހަކަ ތަކާއި ގުޅޭ ތަފާތު މަޢުލޫމާތުތަކެއް ޚުލާސާ އަށް އެނގިއްޖެއެވެ.

ޓީޗަރު ޖެހި ކަމަށް ބުނާ ދަރިވަރު އަޚްލާގީ ޕްރޮގުރާމެއް ފުރިހަމަ ކުރަންދެން މިހާރު ސަސްޕެންޑް ކޮށްފައި ވާއިރު، ޚުލާޞާ އަށް އެނގިފައިވާ ގޮތުގައި ޓީޗަރުގެ ގައިގައި ފުރަތަމަ ޖެހީ ވެސް އެ ދަރިވަރެވެ. އަދި ޓީޗަރު އެ ދަރިވަރުގެ ގައިގައި ޖެހީ "ސެލްފް ޑިފެންސް" އަށް ކަމަށާއި، އެ ކުލާހުގެ ޙާލަތު "ވަރަށް ގޯސް" ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި އެތައް ދުވަހަކު އަޚްލާޤީ ގޮތުން ވަރަށް ދަށު ފެންވަރުގެ ކަންކަން އެ ކުލާހުން ފެނެއެވެ. ކުލާހަށް ވަތްއިރު ކުލާހުގެ ޕްރޮޖެކްޓަރުން ކޭބަލް ނައްޓައި ދަރިވަރުގެ ފޯނާއި ކަނެކްޓު ކޮށްގެން ބަރަހަނާ ވީޑިއޯ ބަލަން ހުރި ކަމަށާއި، ދެޖިންސުގެ ކުދިން އުޅޭ އެ ކުލާހުގެ ދަރިވަރުގެ އަތުން ފޯނު އަތުލައި ޓީޗަރުގެ ޖީބަށް ފޯނު ލުމުން ދަރިވަރު ޓީޗަރާއި ދިމާކޮށް ޓީޗަރުގެ ޖީބަށް އަތްކޮށްޕައި ހެދި ކަމަށް ވެއެވެ.

Advertisement

Advertisement 1

އައްޑޫ ހައި ސްކޫލްގެ ގްރޭޑް 12 އިގެ ކުލާހެއްގެ ތެރޭގައި ހިނގި ހާދިސާގައި ޓީޗަރުގެ ޖީބަށް ދަރިވަރު އަތް ކޮއްޕަނީ (ސްކްރީންޝޮޓެއް)

"އެއަށްފަހު ޓީޗަރާއި މާރާމާރީ ހިންގުމުން އޭނާގެ (ދަރިވަރުގެ) ލަފުގައި ހިފީމާ އޭނާ (ދަރިވަރު) ވެއްޓިގަތީ ކުލާސްތެރެއަށް ޓީޗަރާއި އެކީގަ… މިއީ ކަންތައް ވީ ގޮތަކީ"، ޚުލާޞާ އަށް މަޢުލޫމާތު ދެއްވަމުން އިތުބާރު ހުރި އެ ފަރާތުން ވިދާޅުވިއެވެ. "ބައެއް ދުވަސްދުވަހު އަންހެން ދަރިވަރުގެ ގޮނޑީގައި ވެސް އެ ބަ އިށީނދޭ. ގަޔަށް އަތްލާ އެބަ ހަދާ… ކޮންމެ ކުއްޖަކަށް ގޮނޑިއެއް ނުހުންނަނީތޯ..؟ މިއީ އެ ކުލާހުގެ ޙާލަތަކީ… އަންހެން ދަރިވަރުންނަށް އެއްވެސް ރައްކާތެރި ކަމެއް ނެތް”

އެނގިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވާ ގްރޭދް 12 ގެ ދަރިވަރު ސަސްޕެންޑް ފިލާނީ "ޑިސިޕްލިން ޕްރޮގުރާމް" ފުރިހަމަ ކުރުމުންނެވެ.

އައްޑޫ ސިޓީއައްޑޫ ހައި ސްކޫލް
Ad
Ad

9 ރިއެކްޝަންސް / 4 ކޮމެންޓް

0%
0%
0%
0%
0%

ޏ

180 ދުވަސް ކުރިން - 18:40

ސަސްޕެންދު ނުކުކޮއް ސްކޫލްްއިން ވަކިކުރަންވީ

ަައާޜު

180 ދުވަސް ކުރިން - 10:28

ދަރިވަރުގެ އަތުގައި އޮތީ ޓީޗަރުގެ ފޯނު. ދަރިވަރުން އަތަށް ޓީޗަރ ފޯނު ދިނީ ކިޔެވުމާއި ގުޅޭ ވިޑިއޯ އެއް ޕްރޮޖެކްޓަރ ގައި އަޅުވަން. ނަމަވެސް މި ދަރިވަރު ވަާނީ ޓީޗާރ ގެ ފޯނަށް ބަރަހާނާ ވިޑިއޯ ޑައުންލޯޑް ކޮށްގެން އެހެން ކުދިންނަށް ދައްކަން ފަށާފަ. ޓީޗަރ ފޯނު އަތުލަން އިޅުނީ އެހެންވެގެން.

ހާޑް

181 ދުވަސް ކުރިން - 08:27

1 މަސް ވަންދެން ގިރިފުށި އައް ފޮނުވާލާ ބޯ ވެސް ބޭލީމަ ރަނގަޅުވާނެ. އޭރުން އިނގޭނެ ތިމާއައް ވުރެއް ބާރު ހިނގާ ބައެއްވެސް އުޅޭކަން. ސައިޒުވާނެ

ރަނގަޅު ގޮތް

181 ދުވަސް ކުރިން - 23:04

ދެ ޖިންސުގެ ކުދިން ވަކިކޮށް ކުލާސްތައް ބިނާކުރަން އެބަ ޖެހޭ! އަދި ކޮންމެ ކުލާހަކަށް ސުޕަވައިސް އިންޗާޖެއް ލެވެން ޖެހޭ. ދުވަހުން ދުވަހަށް ޑިސިޕްލިނަރީ ރެކޯޑްސް ބެލެހެއްޓެން ޖެހޭ. މިކަން ކަން ވެގެން ދާނެ ނަމަ ހަމަ ރަނގަޅުވާނެ

ގުޅޭ ޚަބަރުތައް

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

16 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

16 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

16 ދުވަސް ކުރިން - 10:11

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

17 ދުވަސް ކުރިން - 20:42

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި؛ މީހަކު ހައްޔަރުކޮށްފި

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

43 ދުވަސް ކުރިން - 16:50