Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަލިފާނުގައި ގެއްލުންވީ އެއް އިންޖީނަށް، ކަރަންޓު ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން: ފެނަކަ

އަލިފާނުގައި ގެއްލުންވީ އެއް އިންޖީނަށް، ކަރަންޓު ދިނުމުގެ މަސައްކަތް މިދަނީ ކުރަމުން: ފެނަކަ

މުހައްމަދު ޖަމްޝަތު
271 ދުވަސް ކުރިން - 3 ޑިސެންބަރު 2025 23:08
ލ. ގަން އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލާފައި---ފޮޓޯ:އެމްއެންޑީއެފް
ލ. ގަން އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލާފައި---ފޮޓޯ:އެމްއެންޑީއެފް
ޚުލާސާ

ގަން އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލެވުނީ 16:50 ހާއިރު. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައެއް ނުވޭ

ލ. ގަން އިންޖީނުގޭގައި މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވެފައިވަނީ އިންޖީނުގޭގައި ބޭނުންކުރާ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށް ކަމަށާއި އެ އިންޖީނުގެއާ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު އަނބުރާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ގަން އިންޖީނުގޭގައި ރޯވީ މިއަދު މެންދުރުފަހު 14:50 ހާއިރު އެވެ. އަލިފާން ރޯވީ އިންޖީން ރޫމުގެ ޕެެނަލް ބޯޑެއްގައެވެ. އަލިފާން ރޯވެ އެ އިންޖީނުގެއާއި ގުޅިފައިވާ އަވަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. އެމްއެންޑީއެފް އިން ބުނިގޮތުގައި މި އަލިފާން ނިއްވާލެވުނީ 16:26 ހާއިރުއެވެ.

މިހާދިސާއާ ގުޅިގެން ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވީހާވެސް އަވަހަކަށް ރަށަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ބެލެވޭކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement

Advertisement 1

ފެނަކައިން ބުނީ މި ހާދިސާގައި އަލިފާން ރޯވީ އެރަށުގެ 2 އެނެކްސްގެ ތެރެއިން އެއް އެނެކްސްގައި ކަމަށެވެ. އެނެކްސް 2 އަށް އަލިފާނުގެ އަސަރުކޮށްފައިނުވާ ކަމަށާއި ވިޝުއަލް އިންސްޕެކްޝަން އިން ފާހަގަވެފައިވާ ގޮތުން ގެއްލުންވެފައިވަނީ އެރަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ 5 އިންޖީނުގެ ތެރެއިން އެންމެ އިންޖީނަކަށް ކަމަށްވެސް ބުންޏެވެ.

އަދި މިހާދިސާގައި އިންޖީނުގެއަށާއި ޕެނަލްތަކަށް ލިބުނު ގެއްލުން ދެނެގަނެ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.

އޭގެ އިތުރުން މިހާރު އެރަށަށް ފެނުގެ ހިދުމަތްދޭން ފަށާފައިވާ ކަމަށާއި އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯވެސް އެކަމަށް ހާއްސަ ޓީމަކުން ބަލަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.

ލ. ގަންފެނަކަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

11 ދުވަސް ކުރިން - 16:10

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 23:13

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

28 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

33 ދުވަސް ކުރިން - 14:52

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

49 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

51 ދުވަސް ކުރިން - 23:18