ޕޫޓިން ނިއުޔޯކަށް ވަޑައިގެންފި ނަމަ ހައްޔަރުކުރަން އަމުރެއް ނެރޭނަން: މަމްދާނީ

ޢަބްދުﷲ ޖުނައިދު | 19 ދުވަސް ކުރިން - 11 ނޮވެންބަރު 2025 10:13
ނިއުޔޯކް ސިޓީން ޕޫޓިން ހައްޔަރުކުރަން އަމުރު ނެރޭނެ ކަމަށް މަމްދާނީ(ވ) ވިދާޅުވި.
ނިއުޔޯކް ސިޓީން ޕޫޓިން ހައްޔަރުކުރަން އަމުރު ނެރޭނެ ކަމަށް މަމްދާނީ(ވ) ވިދާޅުވި.
ޚުލާސާ

ބައިނަލް އަޤްވާމީ ޖިނާޢީ ކޯޓުން ނެރެފައިވާ އަމުރު ތަންފީޛް ކުރުމުގެ ގޮތުން، އެމެރިކާގެ ނިއުޔޯކް ސިޓި އަށް ޕޫޓިން ވަޑައިގެންފިނަމަ ހައްޔަރުކުރަން އަމުރު ނެރޭނެކަމަށް މަމްދާނީ ވިދާޅުވި.

ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން އެމެރިކާގެ ނިއުޔޯކުގައި ފައިންޕުޅު ބީއްސަވައިފި ނަމަ އޭނާ ހައްޔަރު ކުރަން އަމުރު ކުރައްވާނެ ކަމަށް ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވެފައިވާ ޛަޚްރާން މަމްދާނީ ވިދާޅުވެއްޖެއެވެ.

މަމްދާނީ ވިދާޅުވީ ޕޫޓިން ހައްޔަރުކުރަން ނިއުޔޯކް ސިޓީ އިން އޭނާގެ ވެރިކަމުގައި އަމުރު ނެރެން ޖެހޭ ސަބަބަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިހާރު ނެރެފައިވާ ހައްޔަރު ކުރުމުގެ އަމުރަށް ތަބާ ވުމުގެ ގޮތުންނެވެ.

މަމްދާނީ ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނަށް ނިއުޔޯކުން ޖަވާބުދާރީވާނެ ކަމަށެވެ. "މިއީ ބައިނަލްއަޤްވާމީ ޤާނޫނު ޤަބޫލުކުރާ ސިޓީއެއް ... އަޅުގަނޑުމެން އެ އަމުރުތައް ދަމަހައްޓަން ޖެހޭ" - މަމްދާނީ ވިދާޅުވިއެވެ.

އެމެރިކާ އާއި ޕޫޓިން އާއި ދެމެދު އޮތް ގުޅުން ނުތަނަވަސްވެފައި ވާއިރު، މަމްދާނީގެ ނުފޫޛުން އެފަދަ އަމުރެއް ތަންފީޛު ކުރުން އެއީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މޭޔަރުގެ މަޤާމުގައި ހުންނަ މީހަކު ކޯޓަށް އަތް ބާނައި އެ ފަދަ އަމުރެއް ކޯޓުން ނެރުމަކީ އެމެރިކާގެ ޤާނޫނު ދަންނަ ކަމެއް ވެސް ނޫނެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ރައީސް ޕޫޓިން ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނީ 17 މާޗް 2023 ގައެވެ. އޭގެފަހުން އެމަނިކުފާނު ވަނީ އެމެރިކާ އަށް ވެސް ވަރަށް ފަހުން ވަޑައިގެންފައެވެ.

ޕޫޓިން އާއި ގުޅޭ ދަޢުވާ ބިނާވެފައި ވަނީ ޔުކްރޭނު ހަނގުރާމައިގައި އޭނާގެ ސިފައިން ހިންގާފައިވާ ކަމަށް ބުނާ ހަނގުރާމައިގެ ކުށްތަކާއި ގުޅުވައި ސެކަންޑަރީ ސޯސިންގެ މައްޗަށް ކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%