ޗައިނާގެ ސިޗުއަން އެއާލައިންސް، ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އަދި އުޒްބެކިސްތާނުގެ އުޒްބެކިސްތާން އެއާވޭސް އަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު ޓާމިނަލް-1 އިން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު 21 އަށް އަރައިފި އެވެ.
ސިޗުއަން އެއާލައިނަށް ޓާމިނަލް 1 އިން ހިދުމަތްދޭން ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ޔޫއެސް ބަންގްލާ އަށާއި އުޒްބެކިސްތާންގެ ގައުމީ އެއާލައިން، އުޒްބެކިސްތާން އެއާވޭސް އަށް އާ ޓާމިނަލުން ހިދުމަތްދޭން ފަށާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
މި އެއާލައިންތަކަށް އާ ޓާމިނަލުން ހިދުމަތްދިނުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފަ އެވެ.
މިހާތަނަށް ޓާމިނަލް-1 އިން ހިދުމަތް ދޭން ފެށި އެއާލައިން ތަކަކީ؛
- މޯލްޑިވިއަން (ދިވެހިރާއްޖެ)
- އެއާ އަރަބިއާ (ސައުދީ އަރަބިއާ)
- ބިއޯންޑް (ދިވެހިރާއްޖެ)
- ފިޓްސް އެއާ (ސްރީލަންކާ)
- ބެއިޖިންގ ކެޕިޓަލް އެއާލައިންސް (ޗައިނާ)
- ބަޓިކް އެއާ (މެލޭޝިއާ)
- ބެންގްކޮކް އެއާވޭސް (ތައިލެންޑް)
- އިންޑިގޯ (އިންޑިއާ)
- ގަލްފް އެއާ (ބަހްރެއިން)
- މެލޭޝިއާ އެއާލައިންސް (މެލޭޝިއާ)
- ސައުދިއާ (ސައުދީ އަރަބިއާ)
- ޗޮންޗިން އެއާލައިންސް (ޗައިނާ)
- ބްރިޓިޝް އެއާވޭސް (އިނގިރޭސީވިލާތު)
- ވާޖިން އެޓަލާންޓިކް (އިނގިރޭސީވިލާތު)
- އެއާ އެސްޓާނާ (ކަޒަކިސްޓާން)
- އަޒަރުބައިޖާން އެއާލައިންސް (އަޒަރުބައިޖާން)
- ފްލައި ދުބާއީ (ދުބާއީ)
- އެއާ އިންޑިއާ (އިންޑިއާ)
- ސިޗުއަން އެއާލައިންސް (ޗައިނާ)
- ޔޫއެސް-ބަންގްލާ (ބަންގްލަދޭޝް)
- އުޒްބެކިސްތާން އެއާވޭސް (އުޒްބެކިސްތާން)
ޓާމިނަލް 1 ހުޅިވާފައިވަނީ މިއަަހަރު ޖުލައި މަހު 26 ގައެވެ. މި ޓާމިނަލުން އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.






