Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބަޖެޓް 2026: ވީއައިއޭ އާ ޓާމިނަލުން އަންނަ އަހަރު 2.3 ބިލިއަންގެ އާމްދަނީއެއް ލިބޭނެ

ބަޖެޓް 2026: ވީއައިއޭ އާ ޓާމިނަލުން އަންނަ އަހަރު 2.3 ބިލިއަންގެ އާމްދަނީއެއް ލިބޭނެ

މުހައްމަދު ޖަމްޝަތު
224 ދުވަސް ކުރިން - 30 އޮކްޓޫބަރު 2025 18:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. މި ޓާމިނަލް ހުޅުވައި އޮޕަރޭޓުކުރަން ފެށީ މި އަހަރުގެ ޖުލައި 26 ގައި--- ފޮޓޯ: ޚުލާސާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. މި ޓާމިނަލް ހުޅުވައި އޮޕަރޭޓުކުރަން ފެށީ މި އަހަރުގެ ޖުލައި 26 ގައި--- ފޮޓޯ: ޚުލާސާ
ޚުލާސާ

ވީއައިއޭގެ އާ ޓާމިނަލު ހުޅުވީ 26 ޖުލައި 2025 ގަ. އެމްއޭސީއެލް އިން އަންނަނީ އާ ޓާމިނަލް ފުލީ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން އަންނަ އަހަރު 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. 64 ބިލިއަންގެ އެ ރެކޯޑު ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު އާމްދަނީއަށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރަނީ 40.2 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އިތުރުކުރަން ބަޖެޓުގައި އިތުރު ސިޔާސަތުތަކެއް ކަނޑައަޅައިފައި ނުވި ނަމަވެސް ޓެކްސް ނެގުމާއި ބެހޭ ގާނޫނުތަކަށް މިއަހަރު ގެނައި އިސްލާހުތައް ތަންފީޒުވެގެން އަންނައިރު ޓެކުހުގެ އާމްދަނީއަށް 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް އަންދާޒާ ކުރެއެވެ.

Advertisement

Advertisement 1

މިނިސްޓަރު ވިދާޅުވީ މި އަހަރު ހުޅުވި ވީއައިއޭގެ އާ ޓާމިނަލް އަންނަ އަހަރު އެއްކޮށް އޮޕަރޭޝަނަށް ގެނެވުމުން އެއާޕޯޓު ޓެކުހުން ލިބޭނެ އާމްދަނީވެސް އިތުރުވާނެ ކަމަށެވެ. އަދި ރީޖަނަލް އެއާޕޯޓުތައް އިތުރަށް ތަރައްގީވެގެން އަންނަ އިރު ފަތުރުވެރިކަން އިތުރަށް ފުޅާވާނެ ކަަމަށާއި އެ ދާއިރާގެ ޓެކުހުން ލިބޭ އާމްދަނީވެސް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރު ހުޅުވި ވެލަނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އާ ޓާމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއާޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭ. ރާއްޖެއަށް ޒިޔާރަތްކުރާ ފަރުތުވެރިން އިތުރުވުމާ އެކު އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއާޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށާއި އެއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.4 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މި އަހަރުގެ ބެޑްނައިޓްސް ހިސާބުތަކަށް ބަލާއިރު ޖެނުއަރީން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށް 9.5 މިލިއަން ބެޑްނައިޓްސް ރެކޯޑްކޮށްފައިވާއިރު މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.6 ޕަސެންޓުގެ ކުރިއެރުމެއް ކަަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ، މި މުއްދަތުގައި ރިސޯޓު ބެޑްނައިޓްސް 7.6 ޕަސެންޓުން ވަނީ ކުރިއަރާފަ އެވެ.

ބަޖެޓް 2026މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްމިނިސްޓަރު މޫސާ ޒަމީރުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްވެލާނާ އެއާޕޯޓް ޓާމިނަލް 1
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

2 ދުވަސް ކުރިން - 22:06

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

3 ދުވަސް ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

3 ދުވަސް ކުރިން - 11:49

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

8 ދުވަސް ކުރިން - 20:42

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

8 ދުވަސް ކުރިން - 17:15

ފަހުގެ ތާރީހުގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވިފައިވަނީ 2025 ވަނަ އަހަރު

ފަހުގެ ތާރީހުގައި ބަޖެޓުން އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރު

9 ދުވަސް ކުރިން - 12:22